ކ. ތިލަފުށީގައި ބިން ކުއްޔަށް ނަގައިގެން އުޅޭ ފަރާތްތަކުން އެއްބަސްވުމާއި ޚިލާފު އަދި، އާންމު މަސްލަހަތު ގެއްލި އެހެންފަރާތްތަކުގެ މަސައްކަތަށް ގެއްލުންވެ ދަތިވާފަދަ ގަވާއިދާއި ޚިލާފު ގޮތް ގޮތަށް ކުށްޔަށް ނަގައިގެން އުޅޭ ބިން ބޭނުންކުރާނަމަ ފިޔަވަޅު އަޅާނެ ކަމުގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.
އެޗްޑީސީން ބުނީ ތިލަފުށްޓަކީ މާލެ ސަރަހައްދުގައި އެންމެ ފުޅާ ދާއިރާއެއްގައި ސިނާޢީ މަސައްކަތް ކުރަމުންގެންދާ އަދި ގްރޭޓަރ މާލޭ އޭރިއާގެ ވިޔަފާރި ހަބެއްގެ ގޮތުގައި ބޭނުން ކުރަމުންގެންދާ، ތަފާތު އެތައް ވިޔަފާރިއެއް ހިންގާ ރަށެއް ކަމުގައެވެ. އެހެންކަމުން މުޅި ރަށުގެ ބިން ވަނީ އެކި ވިޔަފާރިތަކަށް ދޫކުރެވިފައި ކަމަށެވެ. އެގޮތުން މި ބިންތަކަކީ އެތަންތާގައި ވިޔަފާރިކޮށް އަދި އެ ވިޔަފާރިތައް ފުޅާކޮށް އެންމެހާ ފަރާތްތަކަށްވެސް އާމްދަނީ ހޯދުމަށް މަގުފަހި ކޮށްދީ، ރާއްޖޭގެ އިޤްތިޞާދަށް އަދި ވިޔަފާރިތަަކަށްވެސް ކުރިއެރުން ގެނެސްދިނުމަށްޓަކައި، ގްރޭޓަރ މާލޭ އޭރިއާގައި ހިންގާ ސިނާއީ މަސައްކަތްތަކަށް ހާއްސަ ކުރެވިފައިވާ ރަށެއްކަމުގައެވެ.
އެޗްޑީސީން ބުނީ އެކޯޕަރޭޝަނުން ގެންދަނީ ތިލަފުށީގައި ހިނގަމުންދާ އެކި އެކި ސިނާޢީ މަސައްކަތް ތަަކަށް އެންމެ ފަހި ފުރުސަތުތަކަށް މަގުފަހި ކުރުމުގެ ގޮތުން ވަގުތާއި، ޙާލަަތައް ރިޢާޔަތްކޮށް އެންމެންގެ މަސްލަޙަތަށްޓަކައި ހިފަހައްޓަންޖެހޭ ބައެއް ކަންކަން ހިފަހައްޓަމުންނެވެ.
މީގެ އިތުރުން ތިލަފުށިން އެކި ބޭނުންތަކަށް ބިންދޫކުރެވެނީ ދެފަރާތުގެ ދެމެދުގައި ވެވޭ އެއްބަސްވުމެއްގެ ތެރެއިން ކަމާއި، މި އެއްބަސްވުމުގައި ދެ ފަރާތުންވެސް އަމަލު ކުރަންޖެހޭ އަދި ހުރުމަތް ތެރިކޮށް ހިތަން ޖެހޭ ކަންތައްތަކެއް ހިމަނާފައިވާނެކަމަަށާއި، އަދި އެއްބަސްވުމާއި ޚިލާފުވާ ފަރާތްތަކުގެ އެއްބަސްވުންތައް ބާޠިލްކުރެވޭނެ ކަމަށްވެސް މި އެއްބަސްވުމުގައި ބަޔާންކޮށްފައިވާނެ ކަމުގައި އެޗްޑީސީން ވިދާޅުވެފައިވެއެވެ.
ނަމަވެސް ބައެއް ފަރާތްތަކުން އެއްބަސްވުމާއި ޚިލާފަށް އެކި އެކި ކަންކަން ކުރަމުން ގެންދާތީ އެ ކަންކަން އެގޮތަށް ނުކުރުމަށް އެޗްޑީސީން ތަކުރާރުކޮށް އަންގާފައިވާނެ ކަމުގައި ވިދާޅުވެފަައިވެއެވެ.
ނަމަވެސް ބައެއް ފަރާތްތަކުން އެ ކޯޕަރޭޝަނުގެ އެންގުންތަކާއި ޚިލާފަށް އަމަލުކުރަމުން ގެންދާތީވެ، ޢާންމު މަސްލަޙަތު ގެއްލި އެއްފަރާތުން ހިންގާ ޢަމަލެއްގެ ސަބަބުން އަނެއް ފަރާތުގެ މަސައްކަތަށް ގެއްލުންވެ ނުވަތަ ދަތިވެދާފަދަ ޢަމަލުތައްވެސް މީގެ ތެރޭގައި ހިމެނެތީ އެފަދަ ކަންކަން އެއްވެސް ފަރާތަކުން ނުކުރުމަށް އިލްތިމާސްކޮށްފައިވެއެވެ.
އިތުރަށް ވިދާޅުވެފައިވާ ގޮތުގައި، މީގެ ފަހުން މިފަދަ ޢަމަލުތައް ތަކުރާރުކުރާ ފަރާތްތަކާއި މެދު ހެދިފައިވާ އެއްްބަސްވުމުގެ ތެރެއިން އެ ކޯޕަރޭޝަނަށް އެޅެންހުރި ޤާނޫނީ ފިޔަވަޅުތައް އަޅަމުންގެންދާނެ ކަމުގައި ތިލަފުށިން ބިން ކުއްޔަށް ނަގައިގެން އުޅޭ އެންމެހާ ފަރާތްތަކުގެ މަޢުލޫމާތަށް ޓަކައި އެކޯޕަރޭޝަނުން ޢާންމުކޮށް އަންގާ ޢިއުލާނު ކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް