ފުވައްމުލައް ސިޓީގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ޏ. ފުވައްމުލައް ސިޓީގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ. އެމްއެންޑީއެފް އިން ބުނީ މިހާދިސާ ހިނގާފައިވަނީ ފުވައްމުލަކު ހޯދަނޑު އަވަށުގެ "ވަނަވަރު" ކިޔާ ގޭގައި ކަމަށެވެ. އެ ހާދިސާގެ ރިޕޯޓ...

11 Nov 2021 | 08:12

ޏ. ފުވައްމުލައް ސިޓީގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

އެމްއެންޑީއެފް އިން ބުނީ މިހާދިސާ ހިނގާފައިވަނީ ފުވައްމުލަކު ހޯދަނޑު އަވަށުގެ "ވަނަވަރު" ކިޔާ ގޭގައި ކަމަށެވެ.

އެ ހާދިސާގެ ރިޕޯޓު ލިބުމާއެކު އެމްއެންޑީއެފް ސަދަން ކޮމާންޑްގެ ފުވައްމުލަކު ފަޔަރ ސްޓޭޝަންގެ ސިފައިން ހަރަކާތްތެރިވެ، މިއަދު 10:55 ހާއިރު އަލިފާން ނިއްވާލާފައިވާ ކަަމަށް ވެސް އެ އިދާރާއިން ބުންޏެވެ.

އެމްއެންޑީއެފް އިން ބުނީ މި ހާދިސާގައި އެއްވެސް މީހަަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށެވެ. އަދި އެ ހާދިސާ ހިނގާފައިވާކަމަށް ބެލެވެނީ ފަންކާއެއްގެ ޑިމަރެއްގައި ރޯވެގެން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް