މުޅި ރާއްޖެއަށް ވައިޓް އެލާޓު ނެރެފި އެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނީ މިއަދު ހެނދުނު 11:30ން ހަވީރު 5:00 އަށް ވައިޓް އެލާޓު ނެރުނީ ކަނޑާއި ވައި ގަދަވާނެ ކަމަށް ލަފާކޮށް ކަމަށެވެ.
އަދި ވިލާގަނޑުގައި 40 މޭލަށް ރާއްޖޭގެ ހުރިހާ ސަރަހައްދުތަކަށް ވައި ޖެހޭނެ ކަމަށް ލަފާކޮށްފައިވެ އެވެ.
ރާއްޖޭގެ ކަނޑުތައް ގަދަވެ ވައި ގަދަވާނެ ކަމަށް ލަފާކޮށްފައި މިވަނީ ބޭ އޮފް ބެންގޯލް އާއި އަރަބި ކަނޑުގައި އުފެދިފައިވާ ދެ ކޮޅިގަނޑުގެ ސަބަބުންނެވެ.
މެޓް އޮފީހުން ވަނީ މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.
ހާއްސަކޮށް ކަނޑުދަތުރު ކުރުމުގައި މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް