ކުރިން ވިސާ ނެގުމަކާ ނުލައި ދިވެހިންނަށް ތަޖިކިސްތާނަށް ދެވޭނެ އިންތިޒާމް ހަމަޖައްސަވައިދެއްވިކަމަށްޓަކައި ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު، ތަޖިކިސްތާނުގެ ޚާރިޖީ ވަޒީރު ސިރާޖުއްދީން މުހްރިއްދީން އަށް ޝުކުރު އަދާކުރައްވައިފި އެވެ.
މިނިސްޓަރ ޝާހިދު ވިދާޅުވީ މިއާއެކު ދެޤައުމުގެ މެދުގައި ސަޤާފީ ގުޅުންތައް ފަދަ ގުޅުންތައް ބަދަހިވެގެންދާނެ ކަމަށެވެ.
ކުރިން ވިސާ ނެގުމަކާ ނުލައި ދިވެހިންނަށް ތަޖިކިސްތާނަށް ދަތުރުކުރެވޭނީ 2022 ޖެނުއަރީ 1 އިން ފެށިގެން ނެވެ.
https://twitter.com/abdulla_shahid/status/1458478154029355018?s=20
2018 ނޮވެމްބަރުން ފެށިގެން މިހާތަނަށް ރަޝިޔާ، މޮރޮކޯ، ތައިލެންޑް އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސްއަށް ކުރިން ވިސާ ނެގުމަކާ ނުލައި ދިވެހިންނަށް ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖެހިފައިވާއިރު، އިންޑިއާ، ސްރީލަންކާ އަދި ސަޢޫދީއަށް ދަތުރުކުރުމުގައި އިތުރު ފަސޭހަތަކެއް ވަނީ ހަމަޖެހިފަ އެވެ.
މީގެ އިތުރުން ދިވެހިރާއްޖޭގައި ތިބެގެން ބައެއް ޔޫރަޕް ބައެއް ޤައުމުތަކުގެ ޝެންގެން ވިސާ ނެގޭނެ އިންތިޒާމުވެސް ވަނީ ހަމަޖެހިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް