އެންމެ ކުޑަވެގެންދެވޭނެ އުޖޫރައަކީ މި ޖުމްހޫރީ ދުވަހު ދިވެހި ރައްޔިތުންނަށް ދެވޭ އެންމެ ބޮޑު ހަދިޔާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައީސް ވަނީ އެކަމުގެ ސަބަބުން ދިވެހި މުޖުތަމަޢަށް ލިބިގެންދާނެ ފައިދާތަކުގެ މައްޗަށް އަލިއަޅުއްވާލައްވާ ވާހަކަފުޅޫ ދައްކަވާފަ އެވެ.
އެގޮތުން އެމަނިކުފާނު ވިދާޅުވީ މި ސިޔާސަތުގެ ސަބަބުން ވަޒީފާތަކަށް ޤާބިލު މުވައްޒަފުން ހޯދުމަށް މަގުފަހިވެ، އުފެއްދުންތެރިކަމާއި ނަފާވެރިކަން އިތުރުވުމަށް ބާރުއެޅިގެންދާނެ ކަމަށެވެ. އަދި ވަޒީފާނެތް ފަރާތްތަކަށް ފަސޭހަކަމާއިއެކު ވަޒީފާ ހޯދޭނެ މަގު އޮންނަންޖެހޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
ވަޒީފާދޭ ފަރާތްތަކަށް ފަސޭހަކަމާއެކު ވަޒީފާއަށް މީހުން ނެގުމުގެ މަގުފަހިވެފައި އޮތުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާ ލައްވާފަ އެވެ. އަދި އެކަމަށްޓަކައި ސަރުކާރުން ކަނޑައެޅުއްވި ސިޔާސަތަކީ ޖޮބް ސެންޓަރުގެ އޮފީސްތައް އަތޮޅުކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް