އިންޑިއާގެ ކަލްކައްތާގައި މީހެއްގެ ބަނޑުން 639 މޮހޮރު ނަގައިފި އެވެ.
ނިމިދިޔަ ހަފްތާގެ ތެރޭގައި ކަލްކައްތާގެ ހޮސްޕިޓަލެއް ކަމަށްވާ ކަލްކައްތާ މެޑިކަލް ކޮލެޖް ހޮސްޕިޓަލުގައި ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައި 639 މޮހޮރު ނަގާފައިވަނީ ސިކުނޑީގެ އުނިކަމެއް ހުންނަ މީހެއްގެ ބަނޑުންނެވެ.
މި އޮޕަރޭޝަންގެ ވީޑިއޯ ސޯޝަލް މީޑިއާގައި ވައިރަލް ވެފައިވާއިރު މި އޮޕަރޭޝަން ކުރުމުގައި ބައިވެރިވި ޑޮކްޓަރެއް ކަމުގައިވާ ޑރ. ސިއްދާތާ ބިސްވާސް ބުނެފައިވަނީ މި މޮހޮރުތައް ނަގާފައިވަނީ އުމުރުން 40 އަހަރުގެ މީހެއްގެ ބަނޑުން ކަމަށާއި ދިގުމިނުގައި ދެ އިންޗިއާއި ދެ އިންޗި ބައިގެ މޮހޮރު އޭނާގެ ބަނޑުގައި ހުރި އިރު އެއީ ސިކުނޑީގެ ބައްޔެއް ކަމުގައިވާ " schizophrenia" ޖެހިފައިވާ މީހެއް ކަމުގައި ވެސް އެ ޑޮކްޓަރު ބުނެފައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް