ކުޑަކުއްޖެއްގެ އަތަށް ކޮންޓްރޯލް ދޫކޮށްލައިގެން ސައިކަލު ދުއްވި މީހާ ޕޮލިހަށް ހާޒިރުކޮށްފި

މާލެ-ހުޅުމާލެ ހައިވޭގައި ކުޑަ ކުއްޖެއްގެ އަތަށް ކޮންޓްރޯލު ދޫކޮށްލައިގެން ސައިކަލު ދުއްވި މައްސަލައިގާ ހިމެނޭ މީހާ ޕޮލިހަށް ހާޒިރުކޮށްފިކަމުގައި ފުލުހުން ބުނެފިއެވެ. އެގޮތުން ފުލުހުން މިރޭ ބުނީ އެ މައ...

11 Oct 2024 | 17:40

މާލެ-ހުޅުމާލެ ހައިވޭގައި ކުޑަ ކުއްޖެއްގެ އަތަށް ކޮންޓްރޯލު ދޫކޮށްލައިގެން ސައިކަލު ދުއްވި މައްސަލައިގާ ހިމެނޭ މީހާ ޕޮލިހަށް ހާޒިރުކޮށްފިކަމުގައި ފުލުހުން ބުނެފިއެވެ.

އެގޮތުން ފުލުހުން މިރޭ ބުނީ އެ މައްސަލައިގާ ހިމެނޭ މީހާކު މިއަދު ފުލުހަށް ހާޒިރުކޮށް ސުވާލުކޮށްފައިވާއިރު އޭނާ ގަސްތުގައި ކުޑަ ކުއްޖަކު ނުރައްކަލަށް ހުށަހެޅި މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

"ޓްރެފިކް ގާނޫނާ ޚިލާފުވި މައްސަލައިގާ ފިޔަވަޅު އެޅުމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އެސޯސިއޭޝަނަށް ފޮނުވުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން" ފުލުހުން ބުނެފައިވެއެވެ.

ފުލުހުން އިތުރަށް ބުނެފައިވަނީ މި މައްސަލައާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމުގެ ޔަގީންކަންދޭކަމަށެވެ.

https://www.facebook.com/dhuvasmv/posts/pfbid0ESmJHRNS6KqFNPkVDCLFYBhdp7YSDcdycuPDdkjEQGJzekarQfEcMsHcawCdHTHol?__cft__[0]=AZWnOkcSwFu-LnXP6KAzACPeKJjsqhG9TzX__kDBn7gNhn3E_7Q9aDb3CfzOtGOXyBtkkNzDe7CcF3dX9E5mYFEtUTGoyabfB1xKjLvUzv2yHxl6_E8EFW4hPde0XtYQ5rxCBma9ip_fyEvMlmmpEoEil40JRD4Yz65ja1xqTwLk9q2G70tqlLQMrO1GUdFISCt1D0BrZD9OwZYfTvAYm-Xs&__tn__=%2CO%2CP-R

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް