މޫސުން ގޯސްވެ، ސަފާރީއަކުން ގެއްލުނު ޑިންގީއެއް މެރިން ޕޮލިސް އިން ހޯދައިދީފި

މޫސުން ގޯސްވެ ވާ ކަނޑައިގެން ދިއުމުގެ ސަބަބުން ސަފާރީއަކުން ގެއްލުނު ޑިންގީއެއް މެރިން ޕޮލިސް އިން ހޯދައި އެ ޑިންގީ އެ ސަފާރީއާއި ހަވާލުކޮށްފިއެވެ. އެގޮތުން މެރިން ޕޮލިސް އިން މިރޭ ބުނެފައިވަނީ މިއަދު...

11 Oct 2024 | 17:22

މޫސުން ގޯސްވެ ވާ ކަނޑައިގެން ދިއުމުގެ ސަބަބުން ސަފާރީއަކުން ގެއްލުނު ޑިންގީއެއް މެރިން ޕޮލިސް އިން ހޯދައި އެ ޑިންގީ އެ ސަފާރީއާއި ހަވާލުކޮށްފިއެވެ.

އެގޮތުން މެރިން ޕޮލިސް އިން މިރޭ ބުނެފައިވަނީ މިއަދު ހަވީރު 4:30 ހާއިރު ސްކޫބާ ޔަންގް ސަފާރީގެ ޑިންގީ ކަނޑައިގެން ގެއްލިފައިވާކަމުގެ މައުލޫމާތު ލިބުމާއި ގުޅިގެން އުޅަނދު ހޯދުމުގެ މަސައްކަތް ކުރަމުންދަނިކޮށް ހަވީރު 5:05 ހާއިރު އެ ޑިންގީ ފެނުނު ކަމަށެވެ.

އެ ޑިންގީ 5:50 ހާއިރު ސަފާރީއާއި ހަވާލުކޮށްފައިވާނެކަމަށްވެސް މެރިން ޕޮލިސް އިން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް