ކުދި އުޅަނދުތަކުގައި ކަނޑުމައްޗަށް ނޭރުމަށާއި ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ނުކުރުމަށް އިލްތިމާސްކޮށްފި

މޫސުން ގޯސްވެ ވަޔާއި ކަނޑު ގަދަވެ ވިއްސާރަކުރަމުން އަންނައިރު ކުދި އުޅަނދުފަހަރުގައި ކަނޑުމައްޗަށް ނޭރުމަށާއި ކޮންމެހެން ކުރަންޖެހޭ ދަތުރެއް ފިޔަވައި ނުކުރުމަށް ދިވެހި ފުލުހުން އިލްތިމާސްކޮށްފިއެވެ. އ...

11 Oct 2024 | 10:55

މޫސުން ގޯސްވެ ވަޔާއި ކަނޑު ގަދަވެ ވިއްސާރަކުރަމުން އަންނައިރު ކުދި އުޅަނދުފަހަރުގައި ކަނޑުމައްޗަށް ނޭރުމަށާއި ކޮންމެހެން ކުރަންޖެހޭ ދަތުރެއް ފިޔަވައި ނުކުރުމަށް ދިވެހި ފުލުހުން އިލްތިމާސްކޮށްފިއެވެ.

އެގޮތުން ފުލުހުން ދެންމެ ބުނީ މިދުވަސްވަރަކީ ކަނޑުގަދަ އަދި ވިއްސާރަ ދުވަސްވަރަކަށް ވުމާއެކު، ކޮންމެހެން ކުރަން ޖެހިއްޖެ ހާލަތުގައި މެނުވީ ކަނޑުދަތުރު ނުކުރުމަށް އިލްތިމާސްކުރާކަމަށެވެ.

ދަތުރު ކުރަންޖެހިއްޖެ ހާލަތެއްގައިވެސް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށާއި ކުދި އުޅަނދުގައި ދަތުރު ނުކުރުމަށް އިލްތިމާސްކުރާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް