މޫސުން ގޯސްވުމުން ހައިވޭގައި ދަތުރުކުރުމުގައި ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފި

މިއަދަކީ މޫސުން ގޯސްވެ ގަދަ ވަޔާއެކު ވިއްސާރަކުރަމުން އަންނަ ދުވަހެއް ކަމުގައިވާއިރު މާލެ-ހުޅުމާލެ ހައިވޭއިން ދަތުރުކުރުމުގައި ތިމާއާއި އަނެކުންގެ ސަލާމަތާއި ރައްކާތެރިކަމަށް ސަމާލުވުމަށް ފުލުހުން އިލ...

11 Oct 2024 | 10:50

މިއަދަކީ މޫސުން ގޯސްވެ ގަދަ ވަޔާއެކު ވިއްސާރަކުރަމުން އަންނަ ދުވަހެއް ކަމުގައިވާއިރު މާލެ-ހުޅުމާލެ ހައިވޭއިން ދަތުރުކުރުމުގައި ތިމާއާއި އަނެކުންގެ ސަލާމަތާއި ރައްކާތެރިކަމަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.

އެގޮތުން ފުލުހުން ދެންމެ ބުނެފައިވަނީ މި ދުވަސްވަރަކީ ވައިގަދަ، ވިއްސާރަ ދުވަސްވަރަކަށް ވުމާއެކު، ސިނަމާލެ ބްރިޖު އަދި ހައިވޭއިން ދަތުރުކުރައްވާއިރު ތިމާއާއި އަނެކުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބަލައިގެން އުޅަނދު ދުއްވުމަށް އިލްތިމާސްކުރާކަމަށާއި އަދި ސައިކަލު ދުއްވާއިރު ކުޑަނަގައިގެން ނުދުއްވުމަށާއި ފަސޭހައިން ހަލާކުވެ ވަޔާދާ ފަދަ ކޯޓު ބޭނުންނުކުރުމަށާ އަދި ހެލްމެޓު ވެސް ވަޔާ ނުދާނޭހެން ރަނގަޅަށް އެޅުމަށް އިލްތިމާސްކުރާކަމަށެވެ.

އޭގެ އިތުރުން، އުޅަނދުގެ ލައިޓުތައް ދިއްލޭތޯ ބަލައި ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރައްވައިގެން އުޅަނދު ދުއްވުމަށް އިލްތިމާސްކުރާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް