ސައިކަލެއްގެ ކޮންޓްރޯލު ކުޑަ ކުއްޖެއްގެ އަތަށް ދީގެން ދުއްވި މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފި

މާލެ-ހުޅުމާލެ ހައިވޭގައި ސައިކަލެއްގެ ކޮންޓްރޯލް ކުޑަކުއްޖެއްގެ އަތަށް ދީގެން ދުއްވި މައްސަލައެއް ދިވެހި ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ. އެގޮތުން ފުލުހުން މިއަދު ބުނެފައިވަނީ ހައިވޭގައި ދުއްވި ...

11 Oct 2024 | 09:50

މާލެ-ހުޅުމާލެ ހައިވޭގައި ސައިކަލެއްގެ ކޮންޓްރޯލް ކުޑަކުއްޖެއްގެ އަތަށް ދީގެން ދުއްވި މައްސަލައެއް ދިވެހި ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.

އެގޮތުން ފުލުހުން މިއަދު ބުނެފައިވަނީ ހައިވޭގައި ދުއްވި ސައިކަލެއްގެ ކޮންޓްރޯލް ކުޑަކުއްޖެއްގެ އަތަށް ދީގެން ސައިކަލު ދުއްވި މައްސަލަ ސޯޝަލް މީޑިއާއިން ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާކަމަށެވެ.

"މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން" ފުލުހުން ބުނެފައިވެއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯއެއްގައި ފެންނަނީ އުމުރުން ގާތްގަނޑަކަށް ތިނެއް ނޫނީ ހަތަރު ވަރަކަށް އަހަރުގެ ކުޑަ ކުއްޖެއްގެ އަތަށް ސައިކަލުގެ ރޭސް މުއްގަނޑުގެ ކޮންޓްރޯލް ދީގެން ކަޅު ކުލައިގެ ސައިކަލެއްގައި ބާރު ސްޕީޑްގައި ދުއްވާފައިދާ މަންޒަރެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް