އިސްރާއީލުން ލުބުނާނުގެ ބޭރޫތަށް ވަރުގަދަ ހަމަލާތަކެއް – 22 މީހެއްގެ ފުރާނަ ގެއްލި 100 އަށްވުރެ ގިނަ މީހުން ޒަޚަމް

އިސްރާއީލުން ރޭގައި ލުބުނާނުގެ ވެރިރަށް ބޭރޫތަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފިއެވެ. މީޑިއާ ރިޕޯޓުތައް ބުނެފައިވާގޮތުގައި ރޭގަނޑުގެ ވަގުތެއްގައި ވަރުގަދަ ވައިގެ ހަމަލާތައް އަމާޒުކުރީ އާއްމުން ދިރިއ...

11 Oct 2024 | 01:33

އިސްރާއީލުން ރޭގައި ލުބުނާނުގެ ވެރިރަށް ބޭރޫތަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފިއެވެ.

މީޑިއާ ރިޕޯޓުތައް ބުނެފައިވާގޮތުގައި ރޭގަނޑުގެ ވަގުތެއްގައި ވަރުގަދަ ވައިގެ ހަމަލާތައް އަމާޒުކުރީ އާއްމުން ދިރިއުޅެމުން ދިޔަ ބާރުބޮޑު ދެ ބްލޮކަކަށެވެ.

ހަމަލާތަކުގައި ފުރާނަ ގެއްލުނު މީހުންގެ އަދަދު 22 އަށް އަދި ޒަޚަމްވި މީހުންގެ އަދަދު 117 އަށް އަރާފައިވާކަމަށް ލުބުނާނުގެ މިނިސްޓްރީ އޮފް ޕަބްލިކް ހެލްތުން ބުނެފައިވެއެވެ.

އިންޒާރަކާނުލާ އިސްރާއީލުން ދިން މި ހަމަލާތަކަކީ ސެޕްޓެމްބަރު ފަހުކޮޅުން ފެށިގެސް އިސްރާއީލުން ލުބުނާނަށް ދެމުން އަންނަ ހަމަލާތަކުގެ ތެރެއިން ދިން މިފަދަ ތިންވަނަ އަދި އެންމެ ބޮޑު ހަމަލާއެވެ.

އިސްރާއީލުން އަންނަނީ ޣައްޒާއިން ހަމާސް ނައްތާލަންކަމަށްބުނެ ޣައްޒާއަށް އަދި ލުބުނާނުން ހިޒްބުﷲ ނައްތާލާނެކަމަށްބުނެ ލުބުނާނަށް ހަމަލާތައް ދެމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް