އެފްރިކަން ޔޫނިއަންގެ ޖީ-20 އެންޓްރީއަށް އދ.ގެ ރައީސް ތައުރީފު ކުރައްވައި، އިންޑިއާއަކީ ގްލޯބަލް ސައުތުސް ވޮއިސްގެ ގޮތުގައި ކަނޑައަޅުއްވައިފިއެވެ.
އދ.ގެ އާންމު މަޖިލީހުގެ ރައީސް ޑެނިސް ފްރާންސިސް ވަނީ ދުނިޔޭގެ ޑިޕްލޮމެސީގައި އިންޑިއާ އިން އަދާކުރާ ދައުރަށް ތައުރީފު ކުރައްވައި، ހާއްސަކޮށް އެފްރިކަން ޔޫނިއަން ޖީ-20 ގައި ހިމެނުމުން އެކަމަށް ތައުރީފް ކުރައްވައިފަ އެވެ.
އަދި އެއީ "މާސްޓާ ސްޓްރޯކް" އަދި "ޑިފައިނިން މޯމެންޓެއް" ގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.
ދާދި ފަހުން ދެއްވި އިންޓަވިއުއެއްގައި އޭނާ ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި އެމަނިކުފާނުގެ ސަރުކާރުން މިކަމުގައި ސްޓްރެޓެޖިކް ވިސްނުމާއި ފިޔަވަޅުއެޅުއްވި ކަމަށްޓަކައި ތައުރީފް ކުރައްވާފައެވެ. ފްރާންސިސް ވިދާޅުވީ އިންޑިއާގެ ތަފާތުކަމަކީ ސިޔާސީ ކާމިޔާބީއަށް ދޭ ވަރުގަދަ މެސެޖެއް ކަމަށާއި އެ ގައުމަށް އަގުހުރި ފިލާވަޅުތަކެއް ދުނިޔޭގެ މުޖުތަމައުއާ ހިއްސާ ކުރެވިދާނެ ކަމަށެވެ.
އދ.ގެ ސުލްހަ ބަލަހައްޓާ މިޝަންތަކުގައި އިންޑިއާއިން ފޯރުކޮށްދޭ މުހިންމު ޙިއްޞާތަކާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ފްރާންސިސް ވަނީ އދ.ގެ ޗާޓަރުގައި ބަޔާންކޮށްފައިވާ އުޞޫލުތަކުގެ އަންޑަރރައިޓަރެއްގެ ހައިސިއްޔަތުން އިންޑިޔާގެ ދައުރު ފާހަގަކުރައްވާފައެވެ.
އަދި އދ.ގެ ސަލާމަތީ މަޖިލީހުގެ ދާއިމީ ގޮނޑިއެއް ހޯދުމަށް އިންޑިއާއިން ކުރާ މަސައްކަތަށް ތާއީދު ކުރައްވާ ކަމަށާއި، އެކަމާ ގުޅިފައިވާ މަސްއޫލިއްޔަތުތަކަކީ އިންޑިއާ ސަރުކާރުގެ ގާބިލުކަމުގެ ބޭރުން އުފުލާފައިވާ މަސްއޫލިއްޔަތެއް ނޫންކަން ގަބޫލުކުރައްވާ ކަމަށެވެ. އަދި ސަލާމަތީ މަޖިލީހުގެ އިސްލާހަކީ މިހާރު ކުރިއަށްދާ މަރުހަލާއެއް ކަމަށާއި އެކަން ނިންމާނީ އިސްލާހީ އެޖެންޑާގެ ދަށުން އދ.ގެ މެންބަރުން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް