އެއްވެސް ރަށެއްގައި ހިނގާ މަޝްރޫއެއް ހުއްޓާލަން، މަޑުޖައްސާލަން ނުދަންނަވަން: ޑރ. މުއިއްޒު

އެއްވެސް ރަށެއްގައި ހިނގާ މަޝްރޫއެއް ހުއްޓާލަން އަދި މަޑުޖައްސާލަން ނުދަންނަވާކަމުގައި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އިންތިހާބީ ރައީސް މިހެން ވިދާޅުވީ މިއަދު ކުރެއްވި ޕޯސ...

11 Oct 2023 | 12:20

އެއްވެސް ރަށެއްގައި ހިނގާ މަޝްރޫއެއް ހުއްޓާލަން އަދި މަޑުޖައްސާލަން ނުދަންނަވާކަމުގައި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އިންތިހާބީ ރައީސް މިހެން ވިދާޅުވީ މިއަދު ކުރެއްވި ޕޯސްޓެއްގައެވެ.

އެ ޕޯސްޓްގައި މުއިއްޒު ވިދާޅުވެފައިވަނީ އެފަދަ އެންގުމެއް އަންގާފައިނުވާނެ ކަމަށާއި އަދި އިންތިހާބީ ރައީސްގެ ފަރާތުން އެއްވެސް ބޭފުޅަކުވެސް އެކަހަލަ އެންގުމެއް ނާންގާނެ ކަމަށެވެ.
އިންތިހާބީ ރައީސް އިތުރަށް ވިދާޅުވެފައިވަނީ ބައެއް ރަށްތަކުގައި މަސައްކަތް ހުއްޓާލައި މެޝިނަރީތައް ބާލަމުންދާކަމާއި އެކަން ކުރަނީ އިންތިހާބީ ރައީސް އަންގައިގެންކަމަށް ވާހަކަ ދައްކާކަމަށެވެ. އަދި އެއީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމުގައި އިންތިހާބީ ރައީސް ވިދާޅުވެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް