އިންތިހާބުތަކުގައި ކެނޑިޑޭޓުން ނެރޭނީ ކޯލިޝަން ތިން ޕާޓީ އެކުގައި: އެމްއެންޕީ

ކުރިއަށް ހުރި އިންތިހާބު ތަކުގައި ވާދަކުރާ ކެނޑިޑޭޓުން ނެރޭނީ ޕީޕީއެމް/ޕީއެންސީއާއި އެމްއެންޕީ އެކުަގައި ކަމަށް އެމްއެންޕީއިން ބުނެފިއެވެ. އެމްއެންޕީގެ ގައުމީ ހިންގާ ކޮމިޓީގެ ޖަލްސާގައި ވާހަކަ ދައްކަވ...

11 Oct 2023 | 10:10

ކުރިއަށް ހުރި އިންތިހާބު ތަކުގައި ވާދަކުރާ ކެނޑިޑޭޓުން ނެރޭނީ ޕީޕީއެމް/ޕީއެންސީއާއި އެމްއެންޕީ އެކުަގައި ކަމަށް އެމްއެންޕީއިން ބުނެފިއެވެ.

އެމްއެންޕީގެ ގައުމީ ހިންގާ ކޮމިޓީގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އެ ޕާޓީގެ ރައީސް ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ވިދާޅުވީ، ޕީޕިއެމް/ޕީއެންސީއާއެކު ހެދި އެއްބަސްވުމަކީ ކުރިއަށް އޮތް ފަސް އަހަރަށް ހަދާފައިވާ އެއްބަސްވުމެއް ކަމަށެވެ.

ތިން ޕާޓީ އެކުގައި އިންތިހާބުތަކުގައި ވާދަކުރުމަށް، އެ އެއްބަސްވުމުގައި ވަކި މާއްދާއެއް ހިމަނާފައި ވާނެ ކަމަށް ނާޒިމް ވިދާޅުވިއެވެ. އެހެންކަމުން އިންތިހާބު ތަކުގައި ވާދަ ކުރާ ކެނޑިޑޭޓުން ކަނޑައަޅާނީ ތިން ޕާޓީގެ މެދުގައި ބޭއްވޭ ޕްރައިމަރީ އަކަށް ފަހުގައި ކަމަށް ނާޒިމް ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ކާމިޔާބު ކުރުމަށްޓަކައި ޑރ. މުހައްމަދު މުއިއްޒުއަށް ލިބިވަޑައިގެންނެވި އިންސައްތައިގެ ތެރޭގައި އެމްއެންޕީގެ ހިއްސާވެސް ވާނެ ކަމަށް ނާޒިމް ފާހަގަ ކުރެއްވިއެވެ.

އެހެންކަމުން ޕީޕީއެމް/ޕީއެންސީގެ ސަރުކާރުގެ ފަސް އަހަރު ހިންގަން އެމްއެންޕީއިން ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް