ސަރުކާރުގެ ގެދޮރުވެރިޔާ ސިޔާސަތުގެ ދަށުން ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ފަރާތުން ހުޅުމާލޭގައި ތަރައްޤީ ކުރި ފްލެޓްތައް ލިބޭ މީހުންގެ ލިސްޓް ފައިނަލް ވުމުން ކޮންޓްރެކްޓްގައި ސޮއި ކުރަން ފަށާނެ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ބުނެފިއެވެ.
ފްލެޓްތަކުގެ މަސައްކަތާ ބެހޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެމުން ފަހި ދިރިއުޅުން ކޯޕަރޭޝަނުން ބުނީ، ހަ ޓަވަރެއްގެ ކޮންސްޓްރަކްޝަން މަސައްކަތް އެއްކޮށް ނިމިފައިވާ ކަމަށެވެ.
އަދި ނިމިފައިވާ ހަ ޓަވަރުގެ ފިނިޝިންގެ މަސައްކަތް ފަށައި، ހަތަރު ޓަވަރުގެ ފިނިޝިންގެ 40 އިންސައްތަ ނިމިފައިވާ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ބުންޏެވެ.
ފްލެޓްތައް ހަވާލު ކުރުމުގެ މަސައްކަތް ފަހި ދިރިއުޅުމުން ކުރި ނަމަވެސް ފްލެޓް ލިސްޓް ފައިނަލް ކުރާނީ ހައުސިންގް މިނިސްޓްރީންނެވެ.
މިއީ އިންޑިއާގެ އެގްޒިމް ބޭންކްއިން ބަޔާޒް ކްރެޑިޓްގެ ދަށުން 228 މިލިއަން އެމެރިކާ ޑޮލަރު ޚަރަދުކޮށްގެން ކުރިއަށް ގެންދާ މަޝްރޫޢުއެކެވެ. މި މަޝްރޫޢުގެ ދަށުން ދެ މަޝްރޫޢުއެއްގެ ގޮތުގައި ދެ ކުންފުންޏަކުން 4000 ފްލެޓް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް