ފަލަސްތީނުގެ މުސްލިމުންނަށްޓަކައި ރާއްޖޭގައި ހުރިހާ ރަށެއްގައި ގުނޫތު ނާޒިލާ ކިޔަން ނިންމައިފި

އިޒްރޭލުގެ ހަމަލާތަކުން ފަލަސްތީނު ރައްޔިތުން ސަލާމަތްކޮށްދެއްވާތޯ ރާއްޖޭގައި ހުރިހާ ރަށެއްގައި ގުނޫތު ނާޒިލާ ކިޔަން އިސްލާމިކް މިނިސްޓްރީން ނިންމާ އެކަން އަންގައިފިއެވެ. އެގޮތުން އެ މިނިސްޓްރީން މިއަ...

11 Oct 2023 | 08:24

އިޒްރޭލުގެ ހަމަލާތަކުން ފަލަސްތީނު ރައްޔިތުން ސަލާމަތްކޮށްދެއްވާތޯ ރާއްޖޭގައި ހުރިހާ ރަށެއްގައި ގުނޫތު ނާޒިލާ ކިޔަން އިސްލާމިކް މިނިސްޓްރީން ނިންމާ އެކަން އަންގައިފިއެވެ.

އެގޮތުން އެ މިނިސްޓްރީން މިއަދު ބުނެފައިވަނީ އިޒްރޭލުގެ ސަހްޔޫނީ ޔަހޫދީންގެ ފަރާތުން ފަލަސްތީނުގެ ލޮބުވެތި ރައްޔިތުންނަށް ލިބެމުންދާ އަނިޔާތަކާއި ކުރިމަތިވަމުންދާ ލާއިންސާނީ އަމަލުތަކުން ސަލާމަތްކޮށްދެއްވާ، އަމާންކަމާއި ކެތްތެރިކަމާއި ރައްކާތެރިކަން ދެއްވުން އެދި، ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ގުނޫތު ނާޒިލާ ކިޔުމަށް ހަމަޖެހިފައިވާކަމަށެވެ.

އެހެންކަމުނ އަޑުހަރުކޮށް ކިޔަޔާ ނަމާދުތަކުގައި ފަހު ރަކުއަތުގެ އިއުތިދާލުގައި، ގުނޫތު ނާޒިލާ ކިޔުމަށް ހުރިހާ މިސްކިތްތަކަށާއި އިމާމުންނަށް އެ މިނިސްޓްރީން އެދިފައިވެއެވެ.

މިދިޔަ ހޮނިހިރު ދުވަހު ހަމާސް ޖަމާއަތުން އިޒްރޭލަށް ދިން ހަމަލާގެ ބަދަލުގައި އިޒްރޭލުން އަންނަނީ ފަލަސްތީނުގެ ގާޒާއާއި ހުޅަނގުބިތަށް ހުއްޓުމެއްނެތި ބޮން އަޅަމުންނެވެ. އެގޮތުން މިހާތަނަށް ފަލަސްތީނުގެ 750 އަށްވުރެ ގިނަ މުސްލިމުން އެ ހަމަލާތަކުގައި މަރުވެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް