އިތުރު ގައުމަކަށް ސަފީރަކު ހަމަޖައްސަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފޮނުއްވި ނަންފުޅެއް ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަށް ފޮނުވައިފިއެވެ.
ނަން ދިރާސާކުރަން ފޮނުވާފައި ވަނީ މަޖިލީހުގެ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީއަށެވެ.
އެ ކޮމިޓީއަށް ފޮނުވާފައި ވަނީ ހ. ސެލީނާ، ހަދީޖާ ނަޖީހާއެވެ. ނަޖީހާ އަކީ ޕާކސިްތާރު ސަފީރަކަށް ކަނޑައަޅަން ރައީސް ފޮނުންވެވި ނަމެކެވެ. މި ނަން ރައީސް ފޮނުވާފައި ވަނީ އިއްޔެއެވެ.
މީގެ އިތުރުން ދެ ގައުމަކަށް ސަފީރުން އައްޔަނު ކުރުމަށް އިއްޔެ ނަން ފޮނުވާފައި ވެއެވެ. އެއީ ޔޫއޭއީގެ ސަފީރުކަމަށް އައްޔަނު ކުރަން ފޮނުވި މިދުފާ ނައީމްގެ ނަންފުޅާއި ބަންގްލަދޭޝްގެ ސަފީރުކަމަށް އައްޔަނު ކުރަން ނަން ފޮނުވި ޝިއުނީން ރަޝީދުގެ ނަންފުޅެވެ.
ތިން ސަފީރުން ކަނޑައަޅަން ނަން ފޮނުވާފައި ވާއިރު، އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިލައްވާފައި ވަނީ ވެރިކަން ބަދަލު ވުމުގެ މަރުހަލާގައި، ކޮންމެހެން ނަގަން ޖެހިގެން ނޫނީ މަގާމުތަކަށް މީހުން ނުނެގުމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް