މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ހުދު ސަމާލު ނެރެފައި ވަނީ ހއ. އަތޮޅުން ފެށިގެން އދ. އަތޮޅުގެ ނިޔަލަށެވެ. މެޓުން ހުދު ސަމާލު ނެރެފައި ވަނީ މިއަދު މެންދުރު 12:30 ގެ ނިޔަލަށެވެ.
މެޓުން ލަފާކުރާ ގޮތުގައި، ހުދު ސަމާލު ނެރެފައިވާ ސަރަހައްދުތަކަށް މިއަދު މެންދުރުގެ ނިޔަލަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް