ޔޫކްރެއިން ބައިޕާސްކޮށް، ގޭސް ސަޕްލައި ކަށަވަރުކޮށްފައިވާ ކަމަށް ހަންގޭރީގެ ޚާރިޖީ ވަޒީރު ވިދާޅުވެއްޖެ

ޔޫކްރެއިން ބައިޕާސްކޮށް، ތުރުކީސްޓްރީމް ޕައިޕްލައިން މެދުވެރިކޮށް ހަންގޭރީގެ ގޭސް ސަޕްލައި ކަށަވަރުކޮށްފައިވާ ކަމަށް ހަންގޭރީގެ ޚާރިޖީ ވަޒީރު ޕެޓާ ސްޒީޖާޓޯ ވިދާޅުވެއްޖެ އެވެ. މިފިޔަވަޅުގެ ސަބަބުން ހަނ...

11 Oct 2023 | 00:54

ޔޫކްރެއިން ބައިޕާސްކޮށް، ތުރުކީސްޓްރީމް ޕައިޕްލައިން މެދުވެރިކޮށް ހަންގޭރީގެ ގޭސް ސަޕްލައި ކަށަވަރުކޮށްފައިވާ ކަމަށް ހަންގޭރީގެ ޚާރިޖީ ވަޒީރު ޕެޓާ ސްޒީޖާޓޯ ވިދާޅުވެއްޖެ އެވެ.

މިފިޔަވަޅުގެ ސަބަބުން ހަންގޭރީއަށް ގޭސް ޑެލިވަރީ ކުރާ މަގުތައް ޑައިވާސިފައިކޮށް، އެއް ވަސީލަތަކަށް ބަރޯސާވުން ކުޑަކުރެވިފައިވާ ކަމަށާއި އަދި ތުރުކީސްޓްރީމް ޕައިޕްލައިން މެދުވެރިކޮށް ޔޫރަޕްގެ ގިނަ ގައުމުތަކަކަށް ރަޝިއާގެ ގޭސް ފޯރުކޮށްދޭއިރު އޭގެ ތެރޭގައި ހަންގޭރީ، ގްރީސް، ބޮސްނިއާ އެންޑް ހަރްޒެގޯވީނާ، ރުމޭނިއާ އަދި ސާބިއާ ހިމެނެ އެވެ.

ތުރުކްސްޓްރީމް ޕައިޕްލައިން އެޅުމަށް ނިންމި ނިންމުމާ މެދު ބައެއް ބައިވެރިންގެ ނުރުހުމާއި ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެ ކަމުގެ އިންޒާރުތައް ކުރިމަތިވި ނަމަވެސް ހަންގޭރީއިން އިސްކަން ދިނީ ހަކަތައިގެ ސަޕްލައި ޑައިވާސިފިކޭޝަނަށް މަގުފަހިކުރުމަށެވެ. ހަކަތައިގެ ރައްކާތެރިކަމާއި ޖިއޮޕޮލިޓިކަލް ނުތަނަވަސްކަމާ މެދު ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައި ޕައިޕްލައިން ވަނީ ވަރަށް ބޮޑަށް މުހިންމުވެފަ އެވެ. ނަމަވެސް ޔޫރަޕިއަން ޔޫނިއަންއިން ރަޝިޔާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ތުރުކުސްޓްރީމް ޕައިޕްލައިން ބެލެހެއްޓުމާއި މަރާމާތު ކުރުމުގެ މަސައްކަތް އިތުރަށް ގޯސްވެ، ޔޫރަޕްގެ ހަކަތައިގެ ދަތިކަން އިތުރަށް ގޯސްވެދާނެ ކަމަށް ބެލެވެއެވެ. ޔޫރަޕްގައި ދަތިކަން އުފައްދައި، ހަކަތައިގެ ސިޔާސަތާ މެދު އީޔޫގެ ގައުމުތަކުގެ މެދުގައި ބައިބައިވުން އުފައްދަން ޕްރެޝަރު ޓެކްޓިކެއްގެ ގޮތުގައި ހަކަތަ ބޭނުންކުރާ ކަމަށް ރަޝިއާއިން ތުހުމަތު ކުރެ އެވެ.

ނޯޑް ސްޓްރީމް ގޭސް ޕައިޕްލައިންތަކަށް ވެސް ވަނީ ހުރަސްތަކެއް ކުރިމަތިވެ، ޔޫރަޕްގެ ހަކަތަ އިގެ ސަޕްލައި ވަނީ އިތުރަށް ގޯސްވެފަ އެވެ. މި ހާލަތުގެ ސަބަބުން އީޔޫގެ ތެރޭގައި ހަކަތަ ސަޕްލައި ކުރުމާއި އެނޫން ގޮތްތަކާ މެދު ހިޔާލު ތަފާތުވުންތަކެއް އުފެދިފައިވާއިރު، ރަޝިއާއިން ހަންގޭރީއަށް އިތުރު ގޭސް ޑެލިވަރީ ކުރުމަށް ފަސްކޮށްފައިވާ ޕޭމަންޓް މެކޭނިޒަމެއް ވަނީ ހުށަހަޅައިފަ އެވެ.

ހަކަތައިގެ ދަތިކަމާއި ހުރަސްތަކުގެ ސަބަބުން ކާބަން އެމިޝަންތަކާއި އިގްތިސާދީ ގޮތުން ކުރާ ނޭދެވޭ އަސަރުތަކާ މެދު ކަންބޮޑުވުން ފާޅުކޮށް، ހަކަތައިގެ ސްޓްރެޓެޖީތައް އަލުން މުރާޖައާ ކުރަން ސަރުކާރުތަކަށް ދަނީ މަގުފަހިވަމުންނެވެ. މީގެ އިތުރުން، ތުރުކީސްޓްރީމްގެ ފައިދާ ލިބޭ އެހެން ގައުމުތަކާ އެކު ހަންގޭރީއިން ޔޫކްރެއިންއަށް ދޭ އީޔޫގެ އެހީއާ ދެކޮޅު ހަދައި، ޖިއޮޕޮލިޓިކަލް ވިސްނުމާ އެކު ހަކަތައިގެ ބޭނުންތައް ބެލެންސް ކުރުމުގައި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ބެލެވެ އެވެ.

ޔޫކްރެއިންގައި ހިނގަމުންދާ ހަމަނުޖެހުންތައް ކުރިއަށް ދާއިރު ނޯޑް ސްޓްރީމްގައި ވާ ފަދައިން ތުރުކްސްޓްރީމަށް ވެސް ހަމަލާތައް ދީފާނެ ކަމުގެ ކަންބޮޑުވުން ދަނީ ފާޅުކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް