ރާއްޖެއަށް "ގުޑް ބައި" ކިޔުމަށްފަހު ސްރިވައްލީ ފުރައިގެން ގޮސްފި

ރާއްޖޭގައި ޗުއްޓީ ހޭދަކޮށްލުމަށް އައި އިންޑިއާގެ މަޝްހޫރު ބަތަލާ ރަޝްމިކާ މަންޑަނާ ރާއްޖެއަށް "ގުޑް ބައި" ކިޔުމަށްފަހު ފުރައިގެން ގޮސްފިއެވެ. ދިވެހިންގެ މެދުގައިވެސް ވަރަށް ބޮޑަށް މަގްބޫލުވެގެންދިޔަ ފ...

11 Oct 2022 | 18:33

ރާއްޖޭގައި ޗުއްޓީ ހޭދަކޮށްލުމަށް އައި އިންޑިއާގެ މަޝްހޫރު ބަތަލާ ރަޝްމިކާ މަންޑަނާ ރާއްޖެއަށް "ގުޑް ބައި" ކިޔުމަށްފަހު ފުރައިގެން ގޮސްފިއެވެ.

ދިވެހިންގެ މެދުގައިވެސް ވަރަށް ބޮޑަށް މަގްބޫލުވެގެންދިޔަ ފިލްމެއް ކަމުގައިވާ "ޕުޝްޕާ" ގައި ރަޝްމިކާ ކުޅުނު "ސްރިވައްލީ" ރޯލުން އޭނާއަށް ބޮޑު މަގްބޫލުކަމެއް ލިބިގެންދިޔައެވެ.

ރަޝްމިކާ ރާއްޖެއައީ މީގެ ހަތަރު ދުވަސް ކުރިންނެވެ. ކުރު ޗުއްޓީއަކަށް ރާއްޖެ އައީ އޭނާގެ ލޯބިވެރިޔާ ވިޖޭ ދެވަރަކޮންޑާއާއި އެކުގައެވެ.

ޗުއްޓީ ނިންމާލާފައި ދަމުން އިންސްޓަގްރާމަށް ދޫކޮށްލި ފޮޓޯގައި ރަޝްމިކާ ބުނެފައިވަނީ މިތަނުން ދާންޖެހޭކަން ގަބޫލުކުރަންވެސް ދަތި ކަމަށާއި އެހެން ނަމަވެސް ރާއްޖެއަށް ގުޑްބައި ކަމަށެވެ.

https://www.instagram.com/p/Cjk0KVWKWGE/

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް