އދ. ގެ އިންސާނީ ހައްގުތަކާބެހޭ ކައުންސިލުން ގޮނޑިއެއް ރާއްޖެއިން ކާމިޔާބުކޮށްފި

އދ. ގެ އިންސާނީ ހައްގުތަކާބެހޭ ކައުންސިލުގެ ގޮނޑި ރާއްޖެއިން ކާމިޔާބުކޮށްފިއެވެ. މިއީ ރާއްޖެ އެ ގޮނޑިއަށް އިންތިހާބުވި ތިންވަނަ ފަހަރެވެ. އެމެރިކާގެ ނިއުޔޯކުގައި ހުންނަ އދ. ގެ މައި މަރުކަޒުގައި މިރޭ ބ...

11 Oct 2022 | 18:10

އދ. ގެ އިންސާނީ ހައްގުތަކާބެހޭ ކައުންސިލުގެ ގޮނޑި ރާއްޖެއިން ކާމިޔާބުކޮށްފިއެވެ.

މިއީ ރާއްޖެ އެ ގޮނޑިއަށް އިންތިހާބުވި ތިންވަނަ ފަހަރެވެ.

އެމެރިކާގެ ނިއުޔޯކުގައި ހުންނަ އދ. ގެ މައި މަރުކަޒުގައި މިރޭ ބޭއްވި އިންތިހާބުގައި ރާއްޖެ ކާމިޔާބު ހޯދީ، އެ ގޮނޑިއަށް ވާދަކޮށް ކުރި ހޯދައިގެންނެވެ. މި އިންތިހާބުގައި 14 ގޮނޑިއަކަށް 17 ގައުމަކުން ކުރިމަތިލި އެވެ.

ރާއްޖެއަށް މިރޭ ކާމިޔާބުވެގެން މިދިޔައީ އޭސިއާ ޕެސިފިކް ސަރަހައްދަށް އެ ކައުންސިލުން ހާއްސަކޮށްފައިވާ ހަތަރު ގޮނޑީގެ ތެރެއިން ގޮނޑިއެކެވެ.

މި ގޮނޑިއަށް ރާއްޖެ އިންތިހާބުވީ ވޯޓި ދިން 189 ގައުމުގެ ތެރެއިން 154 ގައުމެއްގެ ވޯޓުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް