ސްރީލަންކާ އާއި ދުނިޔޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޔޮހާނީ ދޮލޯކީ ޑި ސިލްވާ ރާއްޖެ އަންނަގޮތަށް ހަމަޖެހިއްޖެ އެވެ.
އޭނާ ރާއްޖެ ގެންނަނީ ބައިސްކޯފުންނެވެ. ބައިސްކޯފުގެ ރަސްމީ އިންސްޓަގްރާމް ޕޭޖުގައި ވަނީ އެކަން އިއުލާނުކޮށް ޔޮހާނީގެ ވީޑިއޯއެއް އާންމު ކޮށްފައި އެވެ.
ޔޮހާނީ ރާއްޖެ އަންނަނީ މިމަހުގެ ފަހުކޮޅު އެވެ. އޭނާގެ ދަތުރުގައި ބައިސްކޯފުން ކުރިޔަށް ގެންދާ "ޗަނާޗާ 2022" ގައި ޕާފޯމް ކުރާނެ އެވެ.
ޗަނާޗާ ޕްރޮގްރާމަކީ ދިވެހި ފަންނާނުންގެ އުފެއްދުންތައް ކުރިއަރުވައި، އެ ފަންނާނުންގެ ހުނަރު ދައްކާލުމުގެ މަގުސަދުގައި ބައިސްކޯފުން އިންތިޒާމްކޮށްގެން ބާއްވަން ތައްޔާރު ވަމުން އަންނަ ޝޯއެކެވެ.
https://www.instagram.com/reel/CjkeHaiJ3PN/?igshid=ZjJiMWE1MWQ%3D
މި ޝޯ ބާއްވަން ނިންމާފައި ވަނީ މި މަހުގެ 28 ވަނަ ދުވަހު ހުޅުމާލެ ޓްރެކް ދަނޑުގައެވެ. މި ޝޯއަށް މިހާރު ދަނީ ޓިކެޓު ވިއްކަމުންނެވެ.
ޔޮހާނީ ދުނިޔޭގައި މަޝްހޫރުވީ އޭނާގެ ލަވަ “މަނިކޭ މަގޭ ހިތޭ” އާއި އެކު އެވެ. އެ ލަވަ ގިނަ ބަސްތަކަކުން ނެރެފައިވާއިރު އެންމެ ފަހުން ނެރުނީ ހިންދީ ބަހުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް