ޑެންގީ ހުން ޖެހިގެން ފަރުވާ ދެމުން ދިޔަ މީހަކު މަރުވެއްޖެ އެވެ.
ނިޔާވެފައިވަނީ ރ، ދުވާފަރު އުމުރުން21 އަހަރުގެ އަތޫފް އަހުމަދެވެ. އޭނާ ނިޔާވީ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށެވެ.
އުނގޫފާރު ކައުންސިލުން ވަނީ އެ ރަށުގައި އަތޫފަށް ފަރުވާ ދެމުން ދަނިކޮށް ނިޔާވިކަން މީޑިއާގައި ޔަގީން ކޮށްދީފަ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާއަށް ފަރުވާ ދިނުމަށް އެ ހޮސްޕިޓަލަށް ގެންދިޔައީ ރޭގެ ވަގުތެއްގައި އެވެ.
ރ. އަތޮޅަކީ ޑެންގީ ހުން ވަރަށް ބޮޑަށް ފެތުރެމުންދާ އަތޮޅެއް ކަމަށް އައިޖީއެމްއެޗުގެ ކުޑަކުދިންގެ ޑޮކްޓަރު އަހުމަދު ފައިސަލް ވިދާޅުވެފައިވެ އެވެ. އެޗްޕީއޭއިން ދަނީ މިދިޔަ ދެ މަސް ދުވަހު ރާއްޖޭގައި ޑެންގީ ފެތުރޭތީ ބަލިން ރައްކާތެރިވުމަށް ފިޔަވަޅު އަޅަމުންނެވެ.
ޑެންގީ ހުން ޖެހިގެން މީގެ ހަފްތާއެއް ކުރިން 19 އަހަރުގެ ޒުވާނަކު ވެސް ވަނީ ނިޔާވެފަ އެވެ. އަދި އޭގެ އެއްދުވަސް ކުރިން އެ ބަލީގައި ކުޑަކުއްޖަކު ނިޔާވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް