ފޭސް ދޭއްގެ އަމީލް ޖަމީލް މިސްކިތާއި ސްޓެލްކޯ ފްލެޓު ކައިރީ ބަސް ސްޓޮޕް ހަދައިފި

ހުޅުމާލޭ ފޭސް ދޭއްގައި އެމްޓީސީސީން އިތުރު ދެ ބަސް ސްޓޮޕް ހަދައިފި އެވެ. މިހާރު ފޭސް ދޭއްގައި ހުންނަނީ ދެ ބަސް ސްޓޮޕެވެ. އެއީ ހިޔާ ފްލެޓުތައް ސަރަހައްދުގައި ހަދާފައިވާ ދެ ސްޓޮޕެވެ. އެމްޓީސީސީން ބުނީ އ...

11 Oct 2022 | 12:31

ހުޅުމާލޭ ފޭސް ދޭއްގައި އެމްޓީސީސީން އިތުރު ދެ ބަސް ސްޓޮޕް ހަދައިފި އެވެ.

މިހާރު ފޭސް ދޭއްގައި ހުންނަނީ ދެ ބަސް ސްޓޮޕެވެ. އެއީ ހިޔާ ފްލެޓުތައް ސަރަހައްދުގައި ހަދާފައިވާ ދެ ސްޓޮޕެވެ.

އެމްޓީސީސީން ބުނީ އަލަށް ހަދާފައިވަނީ މަސްޖިދް އަމީލް ޖަލީލް ބަސް ސްޓޮޕާއި ސްޓެލްކޯ ފްލެޓު ބަސް ސްޓޮޕް ކަމަށެވެ. އެ ދެ ބަސް ސްޓޮޕަށް ބަސް ހުއްޓަން ފަށާނީ މާދަމާއިން ފެށިގެންނެވެ.

ފޭސް ދޭކަށް ދަތުރު ކުރާ ވެސްޓް ޕާކް، ކާނިވާ އަދި އެއާޕޯޓުގެ އިތުރުން ހުޅުމާލޭ ފޭސް އެކެއްގެ ބަސްތައް އެ ދެ ސްޓޮޕަށް މަޑު ކުރާނެ ކަމަށް އެމްޓީސީސީން މައުލޫމާތުދެ އެވެ.

މި ދެ ސްޓޮޕްގެ ހިދުމަތް ފެށުމުން ހުޅުމާލޭ ފޭސް ދޭއްގައި ހަދާފައިވާ ބަސް ސްޓޮޕްގެ އަދަދު ހަތަރަކަށް އިތުރުވާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް