އއ. މާޅޮހު ދެކުނުން ބަންޑުން ޖަހާލި ލޯންޗުން ގެއްލުނު މިންހާޖު ހޯދަން ކުރިއަށްގެންދިޔަ ސާޗް އެންޑް އޮޕަރޭޝަން ރެސްކިއު އޮޕަރޭޝަން ހުއްޓާލައިފިއެވެ.
އެމްއެންޑީއެފުން މިއަދު މީޑިއާތަކަށް މައުލޫމާތުދެމުން ބުނެފައިވަނީ ގެއްލުނު މީހާ ހޯދުމަށް ކުރަމުންދާ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަންގައި އިއްޔެވެސް 300 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބެލިފައިވާކަމަށެވެ.
"ހަތަރު ދުވަހުގެ ސާޗް އޮޕަރޭޝަނުގައި ވައިގެ މަގުން 2000 އަކަ ނޯޓިކަލް މޭޅު އަދި ކަނޑުމަގުން 665 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބެލުނު، މިހާރު މި އޮޕަރޭޝަން ވަނީ ހުއްޓާލެވިފަ" އެމްއެންޑީއެފުން ބުނެފައިވެއެވެ.
އެ ހާދިސާގައި އެ ލޯންޗުން ދަތުރުކުރި އެކަކު ސަލާމަތްވެފައިވާއިރު ގެއްލިގެން ހޯދަމުންދިޔައީ ސ. ހިތަދޫ މިންހާ، އުމުރުން 28 އަހަރުގެ މުހައްމަދު މިންހާޖު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް