ރާޅާ އަޅަން އުޅުނު ފަތުރުވެރިއަކު ގެއްލިގެން ހޯދަން ފަށައިފި

މ.މުލި ރާޅުގަނޑު ސަރަހައްދުގައި ރާޅާއަޅަން ގޮސްއުޅުނު ފިރިހެން ފަތުރުވެރިޔަކު ގެއްލިގެން އެމްއެންޑީއެފް ކޯސްޓްގާޑުން ހަރަކާތްތެރިވާން ފަށައިފިއެވެ. އެމްއެންޑީއެފުން ބުނީ އެ ސަރަހައްދުގައި ރަޅާއަޅަން ގ...

11 Oct 2022 | 09:07

މ.މުލި ރާޅުގަނޑު ސަރަހައްދުގައި ރާޅާއަޅަން ގޮސްއުޅުނު ފިރިހެން ފަތުރުވެރިޔަކު ގެއްލިގެން އެމްއެންޑީއެފް ކޯސްޓްގާޑުން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނީ އެ ސަރަހައްދުގައި ރަޅާއަޅަން ގޮސް އުޅުނު ހަތް ފަތުރުވެރިންގެ ތެރެއިން އެކަކު ގެއްލިގެން އުޅޭކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބިފައިވަނީ މިއަދު 12:47 ހާއިރުކަމަށާއި މި ހާދިސާގެ މަޢުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ކޯސްޓްގާޑުން ވަނީ އެ ސަރަހައްދަށް ގޮސް، ގެއްލުނު ފަތުރުވެރިޔާ ހޯދުމުގެ މަސައްކަތް ފަށާފައި ކަމަށެވެ.

"ގެއްލުނު ފަތުރުވެރިޔާ އެންމެ ފަހުން ލައިގެން ހުރީ ކަޅު ޓީޝާޓެއް ކަމަށް އެމްއެންޑީއެފް ކޯސްޓްގާޑަށް މަޢުލޫމާތު ލިބިފައިވޭ" އެމްއެންޑީއެފުން ބުނެފައިވެއެވެ.

މި ދުވަސްވަރަކީ މ. މުލި ސަރަހައްދަށް ވަރަށް މޫސުން ގޯސް ދުވަސްވަރެއްކަން އެމްއެންޑީއެފުން ފާހަގަކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް