ހިތުގެ ބައްޔަކާއި ގުޅިގެން ބްރައިޓަންގެ މިޑްފީލްޑަރ އެނޮކް މުވެޕޫ ފުޓްބޯޅައާއި އަލްވަދާއު ކިޔަން ޖެހިއްޖެ

ހިތުގެ ބައްޔަކާއި ގުޅިގެން އިނގިރޭސި ޕްރިމިއާ ލީގުގެ ކުލަބެއް ކަމުގައިވާ ބްރައިޓަން އެންޑް ހޯވް އަލްބިއަން އެފް.ސީ. އަށް ކުޅެމުން އަންނަ ޒުވާން މިޑްފީލްޑަރ އެނޮކް މުވެޕޫ ފުޓްބޯޅައިން ރިޓަޔަ ކުރަން ޖެހ...

11 Oct 2022 | 08:04

ހިތުގެ ބައްޔަކާއި ގުޅިގެން އިނގިރޭސި ޕްރިމިއާ ލީގުގެ ކުލަބެއް ކަމުގައިވާ ބްރައިޓަން އެންޑް ހޯވް އަލްބިއަން އެފް.ސީ. އަށް ކުޅެމުން އަންނަ ޒުވާން މިޑްފީލްޑަރ އެނޮކް މުވެޕޫ ފުޓްބޯޅައިން ރިޓަޔަ ކުރަން ޖެހިއްޖެއެވެ.

އުމުރުން އެންމެ 24 އަހަރުގައި ޒެމްބިއާ މިޑްފީލްޑަރ ފުޓްބޯޅަ ކުޅުމާއި ދުރަށް ދާން ޖެހިފައިވާއިރު، އޭނާގެ ކުލަބު ބްރއިޓަން އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެނޮކް މުވެޕޫ އިތުރަށް ފުޓްބޯޅަ ކުޅުން ކުރިޔަށް ގެންގޮސްފި ނަމަ ބަލި އިތުރަށް ބޮޑުވެ، ފުރާނައަށް ނުރައްކާވެދާނެ ކަމަށާއި އެހެން ކަމުން އޭނާ އަށް ހަމައެކަނި އޮތް ގޮތަކީ ފުޓްބޯޅައިން ރިތަޔަ ކުރުން ކަމަށެވެ.

ބްރައިޓަންގެ ބަޔާނުގައި ބުނެފައިވަނީ އެނޮކް މުވެޕޫ އެންމެ ފަހުން ޒެމްބިއާގެ ގައުމީޓީމާއި އެކު މާލީއަށް ކުރި ދަތުރުގައި އޭނާ ވަރަށް ބޮޑަށް ބަލިވިކަމަށާއި އަދި އެދަތުރު ނިންމާފަ ވެސް ކުލަބާއި ގުޅި އެއްވެސް ފަރިތަކުރުމެއް ކުރިޔަށް ގެންދެވިފަވެސް ނުވާކަމަށެވެ. އަދި އިތުރަށް ހާލަތު ގޯސްވެ އެނޮކް މުވެޕޫ ހޮސްޕިޓަލުގައި އެޑްމިޓް ކުރަން ވެސް ޖެހުނު ކަމަށެވެ.

އެނޮކް މުވެޕޫ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައި ހަތަރު ދުވަހު އޮތް ކަމަށާއި މި ދުވަސްތަކުގައި ހެދި މެޑިކަލް ޓެސްޓުތަކުން އޭނާއަށް މި ބަލި ޖެހިފައިވާ ކަން ކަށަވަރުވެފައިވާ ކަމަށް ވެސް ބަރައިޓަންގެ ބަޔާނުގައި ބުނެފައިވެއެވެ.

" އެނޮކް މުވެޕޫ ގެ ހިތުގެ ހާލަތު ގޯސް، ހެދި މެޑިކަލް ޓެސްޓުތަކުން އެނޮކް މުވެޕޫގެ ހިތުގެ ހާލަތު ގޯސްކަން އެނގުނު. ޑޮކްތަރުން ލަފާދީފައިވަނީ ވަގުތު ފުޓްބޯޅަ ކުޅުން ހުއްޓާލުމަށް. އެހެން ނޫނީ އިތުރަށް ބަލި ގޯސްވެ. މީހާ ފުރާނައަށް ގެއްލުންވެދާނެކަމަށް. އެނޮކް މުވެޕޫ އަށް ހަމައެކަނި އޮތް ގޮތަކީ ފުޓްބޯޅައިން ރިތަޔަ ކުރުން." ބްރައިޓަންގެ ބަޔާނުގައި ބުނެފައިވެއެވެ.

ބްރައިޓަންގެ ހެޑް އޮފް މެޑިސިން އެންޑް ޕާފޯމަންސް އޭޑަމް ބްރެޓް ބުނީ މިއީ އެނޮކްއަށް ލިބުނު ވަރަށް ބޮޑު ހިތްދަތި ކަމެއް ކަމަށާއި ނަމަވެސް އޭނާއަށް ޖެހޭނީ ކުޅުމަށް ވުރެ ބޮޑަށް އޭނާގެ ސިއްހަތާއި އާއިލާ އަށް އިސްކުރަން ކަމަށެވެ.

މިކަމާއި ގުޅިގެން މުވެޕޫ ބުނީ އޭނާ ރިޓަޔާ ކުރަން ޖެހުމުން ވަރަށް ދެވަރަވެ ހިތްދަތިވާ ކަމަށާއި، ފުޓްބޯޅައާއި މެދު ދެކެމުން އައި ހުވަފެންތަކަށް ނިމުން އައިސްފައިވާ ކަމަށެވެ. އެނޮކް މުވެޕޫ ބުނީ ކުޅުން ހުއްޓާލަން ޖެހުނަސް ކޮންމެވެސް ސިފައެއްގައި ފުޓްބޯޅައަށް ޚިދުމަތް ކޮށްދޭން ބޭނުންކަމަށާއި ފުޓްބޯލައާއި ވަކިވެގެން ދާން ބޭނުން ނުވާކަމަށެވެ.

އެނޮކް މުވެޕޫ އޭނާގެ ފުޓްބޯޅަ ކެރިއަރު ފެށީ 2016 ވަނަ އަހަރު ޒެމްބިއާގެ ކުލަބެއް ކަމުގައިވާ ނަޕްސަ ސްޓާރ އިންނެވެ. އޭގެ ފަހުން ޖަރުމަނުގެ އާރްބީ ލެއިޕްޒިގް އަށް ވެސް ކުޅެފައިވެއެވެ. އޭނާ މިހާރު ކުޅެމުން އަންނަނީ ޕްރިމިއާ ލީގުގެ ބަރައިޓަން އަށެވެ. ރެޑްބުލް ސަލްޒްބާގުން ބްރައިޓަންއާ ގުޅުނީ ހަތަރު އަހަރުގެ އެއްބަސްވުމެއްގެ ދަށުން 2021 ވަނަ އަހަރުގެ ޖުލައި މަހު 18 ގައެވެ. އޭނާ ވަނީ އެ ކްލަބަށް ކުޅުނު 27 މެޗުގައި ތިން ގޯލް ޖަހާފައިދީފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް