ވ. އަތޮޅުން ފެށިގެން އައްޑޫ ސިޓީ އާއި ދެމެދަށް ވައިޓް އެލާޓު ނެރެފި އެވެ.
އެ ސަރަހައްދަށް މޫސުން ގޯސްވާނެ ކަމަށް ލަފާ ކޮށްފައިވަނީ ހެނދުނު7:30 ން މެންދުރު1:00 އަށެވެ.
މެޓް އޮފީހުން ލަފާ ކުރާ ގޮތުގައި އެ ސަރަހައްދުގެ ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ އެވެ. އަދި ކަނޑުތައް ގަދަވާނެ އެވެ.
އާންމު ގޮތެއްގައި ވައި ޖެހޭނެ ކަމަށް ލަފާކޮށްފައިވަނީ13 މޭލާއި23 މޭލާއި ދެމެދުގެ ބާރު މިނުގައި އެވެ. ވިލާގަނޑުގައި45 މޭލަށް ވައިގަދަވާނެ އެވެ.
ރޭވެސް މިސަރަހައްދަށް އޮތީ ވައިޓް އެލާޓު ނެރެފައި އެވެ.
މެޓް އޮފީހުން ވަނީ މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް