ޕްރޮސްޓޭޓް ކެންސަރަކީ ޕްރޮސްޓޭޓް ގްލޭންޑް އަށް ކެންސަރު ޖެހުމެވެ. ޕްރޮސްޓޭޓް ކެންސަރު އަކީ ފިރިހެނުންގެ ތެރޭގައި ފާހަގަ ކުރެވޭ ޢާންމު ކަމެކެވެ. ޕްރޮސްޓޭޓް ގްލޭންޑް އަސކީ ހަމައެކަނި ފިރިހެނުންގެ ނަސްލު އުފައްދާ ނިޒާމް ގައި ހިމެނޭ ގުނަވަނެއް ކަމުން މިބާވަތުގެ ކެންސަރު ޖެހޭނީ ހަމައެކަނި ފިރިހެނުންނަށެވެ. ޕްރޮސްޓޭޓް ކެންސަރު ޖެހެން ދިމާވަނީ ޕްރޮސްޓޭޓް ގްލޭންޑްގައި ހިމެނޭ ސެލްތައް ބަދަލުވެ، ކޮންޓްރޯލް ނުވާ މިންވަރަށް އިތުރުވާން ފެށުމުންނެވެ.
ދިރާސާ ހޯދުންތަކުން ދައްކާ ގޮތުގައ ޕްރޮސްޓޭޓް ކެންސަރު ޖެހުމުން ސަލާމަތް ވުމަށް ޓޮމާޓޯ އަކީ މުހިންމު މޭވާގެ ބާވަތެކެވެ. ހަމަ އެކަނި ޕްރޮސްޓޭޓް ކެންސަރަކަށް ނޫނެވެ. އެހެނިހެން ބަލިތަކަށް ވެސް ޓޮމާޓޯއަކީ މުހިންމު މޭވާއެކެވެ.
ވިޓަމިން ސީ އަދި އެންޓިއޮކްސިޑެންޓްސްއިން މުއްސަނދިވެފައިވާ ޓޮމާޓޯއަކީ ހަށިގަނޑުގައިވާ ނުރައްކާތެރި ކެެމިކަލްތައް ހަށިގަނޑުން ބޭރުކޮށްދޭން އެހިތެރިވެދޭ މޭވާއެކެވެ.
ޓޮމާޓޯގައި 95 ޕަސެންޓު ފެން އެކުލެވިގެންވާއިރު ފަސް ޕަސެންޓު ކާބޯހައިޑްރޭޓްސް އެކުލެވިގެންވެއެވެ.
ޕޮޓޭސިއަމް ގިނަ މޭވާއެއް ކަމަށްވާ ޓޮމާޓޯ ކެއުމުން ލޭމައްޗައް ދިޔުން ކުޑަކޮށްދެއެވެ. މީގެ އިތުރުން، ހަށިގަނޑަށް މުހިންމު މާއްދާތަކެއް ކަމަށްވާ ވިިޓަމިން އޭ އަދި ވިޓަމިން ބީ ވެސް ޓޮމާޓޯގައި އެކުލެވިގެންދެއެވެ. މި މާއްދާތަކަކީ، ހިތުގެ މަސައްކަތްތަކަށް މުހިންމު މާއްދާތަކެކެވެ.
މީގެ އިތުރުން ކެރޮޓިނޮއިޑްސް ގިނަ އަދަދަކަށް އެކުލެވިިގެންވާ ޓޮމާޓޯ ކެއުމުން ކެންސަރު ޖެހުމުގެ ފުރުސަތު ކުޑަކޮށްދެއެވެ. ޓޮމާޓޯގައިވާ ލޫޓީން އަދި ލައިކޯފީންއަކީ ކެންސަރުން އިންސާނާގެ ހަށިގަނޑު ރައްކާތެރިކޮށްދޭ، ހަށިގަނޑަށް ކޮންމެހެން ބޭނުންވާ މާއްދާތަކެވެ.
ޓޮމާޓޯގައި ހިމެނޭ ލައިކޮޕީން އަކީ ކެންސަރާ ހަނގުރާމަކުރުމުގެ ގާބިލްކަން ލިބިފައިވާ މާއްދާއެކެވެ. ޓޮމާޓޯ ބޭނުން ކުރުމުން ޕްރޮސްޓޭޓް ކެންސަރު ޖެހުމުގެ ފުރުސަތު ކުޑަކޮށްދެއެވެ. ކެއްކުމުގައި، ސެލެޑްގައި ނުވަތަ ޖޫހުގެ ގޮތުގައި ވެސް ދުވާލަކު ދެ ޓޮމާޓޯ ބޭނުން ކުރަން އާދަކުރާށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް