ފްލައިން ސްކޫލް ހިންގަން ޗެކް ރިޕަބްލިކްގެ ފްލައިން އެކަޑަމީއާ ހަވާލު ކޮށްފިއެވެ. ޗެކް ރިޕަބްލިކްގެ ފްލައިން އެކަޑަމީއަކީ ފްލައިން ސްކޫލްތައް ހިންގުމުގެ ދާއިރާއިން ޔޫރަޕުގައި އެންމެ ކުރި އަރާފައިވާ ކުންފުންޏެވެ.
ފްލައިން ސްކޫލްގެ ކަންކަން ރާއްޖެއިން ބަލަހައްޓާނީ މޯލްޑިވްސް ނޭޝަނަލް ޔުނިވަސިޓީ އާއި އައިލެންޑް އޭވިއޭޝަން ގުޅިގެންނެވެ.
އައިލެންޑް އޭވިއޭޝަންގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މޫސާ ވަސީމް މީޑިއާ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެ ކުންފުންޏާއި ގުޅިގެން ރާއްޖޭގެ ފްލައިން ސުކޫލް ހިންގުުމުގެ މަސައްކަތް ކުރަމުންދާއިރު މިއަހަރުގެ ޑިސެމްބަރު މަސްތެރޭގައި ކިޔެވުން ފެށޭނޭ ވަރު ވާނެކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ. އެހެންކަމުން ޓެކްނީޝަނުންނާއި އިންޖިނިއަރުން ހޯދަމުގެ މަސައްކަތް ކުރަމުން ދާކަމަށް ވެސް ވިދާޅުވިއެވެ.
މީގެ އިތުރުން ޑިސެމްބަރުމަހުގައި ކިޔެވުން ފެށުމުގެ ތައްޔާރީތައް ވަމުންދާއިރު ދަރިވަރުންނަށް ކޯސްތައް ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށް ހާމަކުރެއްވިއެވެ. އަދި އެންމެ ފުރަތަމަ އިސްކަންދޭނީ ތަފާތު އެކި އެކި މައްސަލަތައް ކުރިމަތިވެ ކިޔެވުން މެދު ކެނޑިފައި ތިބި ދަރިވަރުންނަށް ކަމުގައިވެސް ހާމަ ކުރެއްވިއެވެ.
އިތުރަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ މި މަސައްކަތާއި އެ ފްލައިން އެކަޑަމީއިން ހަވާލުވެފައިވާއިރު، ކުރިއަށް އޮތް ދޮޅުމަސް ދުވަސްތެރޭގައި އެ އެކަޑަމީގެ ފަރާތުން ޓީމެއް މާލެއަށް އަންނާނެ ކަމަށްވެސް ހާމަކޮށްފއިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް