ލޯ ޕްރެޝަރު ޓްރަފަކާއި ގުޅިގެން މާދަމާއިން ފެށިގެން ކަނޑާއި ވައި ގަދަވާނެ

ރާއްޖެ ހިމެނޭ ސަރަހައްދުގައި ލޯ ޕްރެޝަރު ޓްރަފެއް އުފެދިފައިވާތީ މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފި އެވެ. މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން ބުނީ މޫސުން ގޯސްވާނެ ކަމަށް ލަފާ ކުރެވެނީ އުތުރާއި ...

11 Oct 2021 | 15:37

ރާއްޖެ ހިމެނޭ ސަރަހައްދުގައި ލޯ ޕްރެޝަރު ޓްރަފެއް އުފެދިފައިވާތީ މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފި އެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން ބުނީ މޫސުން ގޯސްވާނެ ކަމަށް ލަފާ ކުރެވެނީ އުތުރާއި މެދު ރާއްޖެތެރޭގެ ރަށްތަކަށް ކަމަށެވެ.

އެ ސަރަހައްދުގެ ރަށްތަކަށް މި ލޯ ޕްރެޝަރު ޓްރަފްގެ ސަބަބުން ކަނޑާއި ވައި ގަދަވާނެ ކަމަށް ލަފާކުރެ އެވެ.

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފައިވަނީ މާދަމާއިން ފެށިގެން މިމަހުގެ16 ވަނަ ދުވަހުގެ ނިޔަލަށެވެ.

މެޓް އޮފީހުން ވަނީ އުތުރާއި މެދު ރާއްޖެ ތެރޭގައި ކަނޑުދަތުރު ކުރުމުގައި މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް