ހުޅުމާލޭ ޕްރީ ސްކޫލް ހުޅުވަން ތައްޔާރުވެ ދަރިވަރުން ރެޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
މި ސްކޫލަކީ އަމިއްލަ ފަރާތަކުން އިމާރާތް ކޮށްދިން ސްކޫލެކެވެ. މި ސްކޫލްގެ ނަމަކީ "މުހައްމަދު ގާސިމް ޕްރީ ސްކޫލް" އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ myoffice.moe.gov.mv/forms/id/2 ޕޯޓަލް މެދުވެރިކޮށް، އެ ސްކޫލުން ޖާގަ ހޯދަން ހުށަހެޅޭނެ ކަމަށެވެ. މިއީ، މާލެ ސަރަހައްދުގައި ސަރުކާރުން ހިންގަން ފަށާ އެންމެ ފުރަތަމަ ޕްރީ ސްކޫލެވެ.
އެ ސްކޫލްގައި ކިޔަވައިދިނުމަށް ހަމަޖެހިފައިވަނީ އެލްކޭޖީ އަދި ޔޫކޭޖީ އަށެވެ.750 ދަރިވަރުންގެ ޖާގައިގެ އެ ސްކޫލުގެ ޖާގަ ފުރެންދެން ހުށަހެޅުންތައް ބަލައިގެންނަމުންދާނެ ކަމަށް ބުނެ އެވެ.
10 ކްލާސްރޫމް ހުންނަ އެ ސްކޫލްގައި ކިޔަވައިދިނުމަށް އެޑިއުކޭޝަން މިނިސްޓްރީން20 ޓީޗަރުން ހަމަޖައްސާފައިވެ އެވެ.
އެ ސްކޫލް ހުޅުވުމަށް ނިންމާފައިވަނީ މިމަހުގެ24 ވަނަ ދުވަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް