ނަޝީދު މާލެ ވަޑައިގެންފި، މަރުހަބާ ދެންނެވީ ރައީސް ސޯލިހު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރާއްޖެ ވަޑައިގެންފި އެވެ. ނަޝީދު ރާއްޖެ ވަޑައިގެންފަމިވަނީ މެއި ހައެއްގައި އެމަނިކުފާނަށް އަމާޒުކޮށް ދިން ޓެރަރިސްޓު ހަމަލާ އާއި ގުޅިގެން އިތުރު ފަރުވާ...

11 Oct 2021 | 10:22

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރާއްޖެ ވަޑައިގެންފި އެވެ.

ނަޝީދު ރާއްޖެ ވަޑައިގެންފަމިވަނީ މެއި ހައެއްގައި އެމަނިކުފާނަށް އަމާޒުކޮށް ދިން ޓެރަރިސްޓު ހަމަލާ އާއި ގުޅިގެން އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގެންނެވިތާ ހަތަރު މަސް ފަހުންނެވެ. އެމަނިކުފާނު އޭޑީކޭ ހޮސްޕިޓަލުން ފަރުވާ ހޯއްދެވުމަށްފަހު ޖަރުމަނަށް ވަޑައިގެން ފަރުވާއަށް ފަހު މިހާރު ދިރިއުޅުއްވަނީ އިނގިރޭސިވިލާތުގައި އެވެ.

އެމަނިކުފާނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ދެންނެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ނަޝީދު ރާއްޖެ ވަޑައިގެންނެވީ އެނބުރި އިނގިރޭސިވިލާތަށް ވަޑައިގެންނަވާ ގޮތަށް ގާތްގަނޑަކަށް ތިން ދުވަހަށެވެ.

އެކަމަކު މިހާ ކުރު ދަތުރެއްގައި ރާއްޖެއަށް ވަޑައިގެންނަވާ ބޭނުމެއް އަދި ނޭނގެ އެވެ.

އެމަނިކުފާނު ހުރުމުގެ އިންތިޒާމް ހަމަޖައްސާފައިވަނީ ހޮޓެލް ޖެންގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް