އަނެއްކާ ވެސް ރައީސް ނަޝީދަށް މަރުގެ އިންޒާރު ދޭ މޭރުމުން ފޭސްބުކް ޕޯސްޓެއް!

އަނެއްކާ ވެސް ރައީސް ނަޝީދަށް މަރުގެ އިންޒާރު ދޭ މޭރުމުން އާންމުންގެ މީހަކު ފޭސްބުކް ޕޯސްޓެއް ކޮށްފިއެވެ. ރައްޔިތުންގެ މަޖިލީހުގެ ރައިސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ރާއްޖެ ވަޑައިގަންނަ...

11 Oct 2021 | 10:12

އަނެއްކާ ވެސް ރައީސް ނަޝީދަށް މަރުގެ އިންޒާރު ދޭ މޭރުމުން އާންމުންގެ މީހަކު ފޭސްބުކް ޕޯސްޓެއް ކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައިސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ރާއްޖެ ވަޑައިގަންނަވަން ނިންމުމާއި ގުޅިގެން މީހަކު ކުރި ޕޯސްޓެއްގައި ބުނީ، ނަޝީދަށް މަރުޙަބާ ކިޔުން އެންމެ ރަނގަޅީ ކަނޑީގެ މިޔައިން ކަމަށެވެ.

"މި ޝައި*ނާއަށް އަށް މަރުޙަބާ ކިޔުން އެންމެ އައުލާންކަން ބޮޑީ ކަނޑީގެ މިޔައިން" އޭނާ ލިޔެފައި ވެއެވެ.

މި އިންޒާރު ދިނީ ކާކުކަން ސާފު ނުވާއިރު، އޭނާގެ ފޭސްބުކް ޕްރޮފައިލްގައި ވާ ގޮތުން އޭނާ ދިރިއުޅެނީ ސީރިއާގައެވެ. ތާނައިން ކޮށްފައިވާ ޕޯސްޓަކަށް ވާތީ ބެލެވޭ ގޮތުގައި އެއީ ދިވެއްސެކެވެ،

ބޮމުގެ ހަމަލާއަށްފަހު އިނގިރޭސިވިލާތުގައި ރައީސް ނަޝީދު ފަރުވާ ހޯއްދެވުމަށްފަހު އެމަނިކުފާނު މިފަހުން ވަޑައިގަތީ ދުބާއީއަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ނަޝީދު ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިއަދު މެންދުރުފަހުގެ ވަގުތެއްގައެވެ.

މިދިޔަ މޭ މަހު އެމަނިކުފާނަށް އަމާޒުކޮށްދިން ބޮމުގެ ހަމަލާއާ ގުޅިގެން ރާއްޖޭގައި ފަރުވާ ހޯއްދެވުމަށްފަހު އެމަނިކުފާނު އިތުރުފަރުވާއަށް ފުރަތަމަ ވަޑައިގަތީ ޖަރުމަނަށެވެ. އަދި އޭގެފަހުން އިނގިރޭސިވިލާތަށް ވަޑައިގަތީއެވެ.

މަޖިލީހުގެ މިދައުރުގެ ޖަލްސާތައް ފެށުމާއެކު ރައިސް ނަޝީދު ވަނީ މަޖިލީހަށް ސިޓީފުޅެއް ފޮނުވާ އެމަނިކުފާނަށް އަމާޒުކޮށް ދިން ހަމަލާ ރާވާ ހިންގި ފަރާތްތަކުގެ ތަހުގީގު އަދި ނުނިމޭކަމަށް ފުލުހުން ބުނެފައިވާކަން ފާހަގަކޮށްފައެވެ. އެ ފަރާތްތަކުގެ ތަހުގީގުނިމި އިންސާފުގެ ކުރިމައްޗަށް ގެނެވި ހައްޔަރުގައި ބޭތިއްބުމުގެ ކުރީގައި ރާއްޖެ ދިއުމަކީ އާއިލާއާއި ހެޔޮއެދޭ ފަރާތްތައް އަދި ހުދު އެމަނިކުފާނުވެސް ޖެހިލުންވާކަމެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެހެންކަމުން އެމަނިކުފާނުގެ ޗުއްޓީގެ މުއްދަތު އިތުރުކޮށްދެއްވާ ރާއްޖެއިން ބޭރުގައި އުޅުމަށް "ހިތްހަލާސް" ކޮށްދިނުމަށް އެފުރުސަތު ފަހިކޮށްދިނުމަށް ރައީސް ނަޝީދު ވަނީ އެދިވަޑައިގެންފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް