ސާފް ޗެމްޕިއަންޝިޕް 2021: ގޯލް ކީޕަރު ފައިސަލް އިންޑިއާ މެޗުގައި ކުޅޭނެ ކަމުގެ އުންމީދު ބޮޑު

އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި ސްރީ ލަންކާއާ ދެކޮޅަށް ރާއްޖެ އިއްޔެ ކުޅުނު މެޗުގައި އަނިޔާވެގެން ބާލަންޖެހުނު ނަމަވެސް، ގޯލް ކީޕަރު މުހައްމަދު ފައިސަލަށް ލިބުނު އަނިޔާ ވަރަށް ބޮޑުތަން މިހާރު ރަނގަޅު ކ...

11 Oct 2021 | 09:11

އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި ސްރީ ލަންކާއާ ދެކޮޅަށް ރާއްޖެ އިއްޔެ ކުޅުނު މެޗުގައި އަނިޔާވެގެން ބާލަންޖެހުނު ނަމަވެސް، ގޯލް ކީޕަރު މުހައްމަދު ފައިސަލަށް ލިބުނު އަނިޔާ ވަރަށް ބޮޑުތަން މިހާރު ރަނގަޅު ކަމަށް އޭނާ ބުނެފި އެވެ.

ފައިސަލް އަކީ މުހައްމަދު އިމްރާނަށް ފަހު ރާޢްޖޭގައި އުފެދުނު އެންމެ މޮޅު ގޯލް ކީޕަރެވެ. ފައިސަލް ބުނީ ކުރިއަށް އޮތް އިންޑިއާ މެޗުގައި ކުޅެވޭނެ ކަމުގެ އުއްމީދު ބޮޑު ކަމަށް އޭނާ ބުނެފި އެވެ.

"އެންމެންގެ ހެޔޮ ދުއާއާ އެކު ޓެސްޓުތަކުގެ ނަތީޖާ ލިބުނީ ރަނގަޅަށް،" ފޭސްބުކްގައި ފައިސަލް މިއަދު ހިއްސާކުރި ޕޯސްޓެއްގައި ބުންޏެވެ. "އިރާދަ ކުރެއްވިއްޔާ އަދި ވަރުގަދަކޮށް އަންނާނަން."

https://www.facebook.com/Mohamedfaisal22/photos/pcb.3907030656065651/3907029822732401

ފައިސަލް އަށް އަނިޔާވީ މެޗުގެ 27 ވަނަ މިނިޓުގަ އެވެ. ދަނޑުމަތީގައި ފަރުވާ ދިނުމަށް ފަހު މެޗުގައި އިތުރަށް ކުޅެވޭނެތޯ ބެލި ނަމަވެސް މެޑިކަލް ޓީމުން ފައިސަލް ބަދަލުކުރަން އެންގުމުން ބަދަލުގައި ކުޅެން އެރީ ކީޕަރު މުހައްމަދު ޝަފީއު (ޗެކް) އެވެ.

މިއީ ޝަފީއު ގައުމީ ޖޯޒީގައި ރަސްމީކޮށް ކުޅެން ނުކުތް ފުރަތަމަ މެޗެވެ.

ސާފްގެ މެޗެއްގައި އަލަށް ގައުމީ ޖޯޒީގައި ކުޅެން އަރައި ޝަފީއު ދެއްކި ކުޅުމަށް ގިނަ ބަޔަކު ވަނީ ތައުރީފުކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް