ސާފް ޗެމްޕިއަންޝިޕް 2021: ރާއްޖެ - އިންޑިއާ މެޗްގެ ޓިކެޓް ހޯދުމަށް އެއް ދުވަސްކުރިން ކިޔޫ ދަމާލައިފި

ސާފް ޗެމްޕިއަންޝިޕް 2021ގައި ދިވެހިރާއްޖެ އާއި އަވަށްޓެރި އިންޑިއާގެ ފުޓުބޯޅަ ޓީމް ބައްދަލުކުރާ މެޗްގެ ޓިކެޓް ހޯދުމަށް އެއް ދުވަސްކުރިން ކިޔޫ ދަމާލައިފި އެވެ. ރާއްޖެ އާއި އިންޑިއާ ބުދަ ދުވަހު ބައްދަލު...

11 Oct 2021 | 07:22

ސާފް ޗެމްޕިއަންޝިޕް 2021ގައި ދިވެހިރާއްޖެ އާއި އަވަށްޓެރި އިންޑިއާގެ ފުޓުބޯޅަ ޓީމް ބައްދަލުކުރާ މެޗްގެ ޓިކެޓް ހޯދުމަށް އެއް ދުވަސްކުރިން ކިޔޫ ދަމާލައިފި އެވެ.

ރާއްޖެ އާއި އިންޑިއާ ބުދަ ދުވަހު ބައްދަލުކުރާ މެޗްގެ ޓިކެޓް ވިއްކުމަށް ހަމަޖެހިފައި ވަނީ މާދަމާ އެވެ.

ނަމަވެސް މިހާރު ވެސް ވަނީ ޓިކެޓް ގަތުމަށް ދިގު ކިޔޫއެއް ހަދާފައެވެ. މިއަދު ހެނދުނު 08:45 ކަންހާއިރުން ފެށިގެން ބައެއް މީހުން ވަނީ ގަލޮޅުދަނޑުގެ ޓިކެޓް ކައުންޓަރު ކައިރީ މަޑުކޮށްފައެވެ.

ދަނޑު ކައިރީގައި ކިޔޫ ހަދައިގެން 100 އަށް ވުރެ ގިނަ މީހުން ތިއްބެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ރާއްޖެ މެޗްގެ ޓިކެޓް ޔޫތު ސެންޓަރުން ވިއްކުމުގެ އިންތިޒާމް ހަމަޖައްސަން ދަނީ މަސައްކަތް ކުރަމުންނެވެ. އެތަނުގައި ގިނަ ކައުންޓަރުތަކެއް ބަހައްޓައިގެން ޓިކެޓް ވިއްކާނެ ކަމަށް މައުލޫމާތު ލިބެއެވެ.

މި އަހަރުގެ މުބާރާތުގައި ދިވެހި ސަޕޯޓަރުންގެ ފަރާތުން ފެނިގެންދަނީ އާދަޔާ ހިލާފު ރޫހެކެވެ. އެ މީހުން ތިބީ ތިން ވަނަ ފަހަރަށް ގައުމަށް ސާފުގެ ތަށި ހޯދައިދިނުމަށް ކެތްމަދުވެ ބާރަވަނަ ޖާޒީގައެވެ،

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް