ޗައިނާގެ ޝަންޒީއަށް ކުރަމުންދާ ވިއްސާރައިގަ 120،000 މީހުން ހާލުގައި ޖެހިއްޖެ

ޗައިނާގެ ޝަންޒީ ޕްރޮވިންސަށް ކުރަމުންދާ ވިއްސާރައިގަ 120،000 މީހުންނަށް އަވަަސް އެހީ ބޭނުންވެފައިވާ ކަމަށް އެ ގައުމުގެ ކަމާ ބެހޭ ފަރާތްތަކުން ހާމަކޮށްފި އެވެ. އެ ޕްރޮވިންސްގެ 70 ޑިސްޓްރިކްޓަކަށް މިދިޔ...

11 Oct 2021 | 07:01

ޗައިނާގެ ޝަންޒީ ޕްރޮވިންސަށް ކުރަމުންދާ ވިއްސާރައިގަ 120،000 މީހުންނަށް އަވަަސް އެހީ ބޭނުންވެފައިވާ ކަމަށް އެ ގައުމުގެ ކަމާ ބެހޭ ފަރާތްތަކުން ހާމަކޮށްފި އެވެ.

އެ ޕްރޮވިންސްގެ 70 ޑިސްޓްރިކްޓަކަށް މިދިޔަ ހަފްތާއިން ފެށިގެން ހުއްޓުމެއް ނެތި ބޯކޮށް ދަނީ ވާރޭ ވެހެމުންނެވެ.

ރިޕޯޓުތައް ބުނާގޮތުގައި ފެންބޮޑުވެ ގެތަކުގައި ނޫޅެވޭވަރުވެގެން 1.76 މިލިއަން މީހުން ރައްކާތެރި ސަރަހައްދުތަކަށް ގެންގޮސްފައިވާ ކަމަށެވެ. އަދި 17،000 ގެ ވަނީ ބިމާ ހަމަވެފައި އެވެ.

ރައްކާތެރި ހިސާބުތަކަށް މީހުން ބަދަލު ކުރުމުގެ މަސައްކަތް ކުރިޔަށް ދާއިރު ފެންބޮޑުވުމާއި ކިސަޑު ފޭބުމުގެ ހާދިސާތަކުގެ ސަބަބުން އެ އޮޕަރޭޝަނަށް ދަނީ ގޮންޖެހުންތައް ކުރިމަތިވަމުންނެވެ. ރިޕޯޓުތައް ބުނާގޮތުގައި މީހުން އުފުލުމުގައި އުޅުނު ފުލުހުންގެ ހަތަރު އޮފިސަރަކު ވަނީ މަރުވެފަ އެވެ.

ޗައިނާގެ މީޓްރޮލޮޖީ އެޑްމިނިސްޓްރޭޝަނުން ބުނީ އޮކްޓޯބަރު މަހު އާންމުކޮށް ޝަންޒީ ޕްރޮވިންސަށް ވެހޭނީ ހަފްތާއެއްގެ ތެރޭގައި 25 މިލިމީޓަރުގެ ވާރޭ ކަމަށެވެ. އެކަމަކު މިދިޔަ ހަފްތާގައި އެކަނި އެ ޕްރޮވިންސަށް 185.6 މިލިމީޓަރުގެ ވާރޭވެހިފައިވާ ކަމަށް ބުންޏެވެ.

ޝަންޒީއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެ ހިތާމަވެރި ހާދިސާތަށް ހިނގަމުން މިދަނީ ޗައިނާގެ ހުނާން ފްރޮވިންސްއަށް މި ހާލަތު މެދުވެރިވިތާ ތިން ވަރަކަށް މަސް ފަހުންނެވެ. އެ ޕްރޮވިންސަށް ވިއްސާރަވެ ހިނގި ހާދިސާތަކުގައި 300 އަށްވުރެ ގިނަ މީހުން މަރުވި އެވެ.

ޗައިނާގެ ކަމާ ބެހޭ ފަރާތްތަކުން ބުނީ ހުނާންއަސް ލިބުނު ގެއްލުމަށްވުރެ ބޮޑު ގެއްލުމެއް މިހާރު ޝަންޒީއަށް ކުރަމުންދާ ވިއްސާރައިގަ އެ ޕްރޮވިންސްއަށް ލިބޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. މިހާތަނަށް ވިއްސާރައިގަ މަރުވި މީހުންގެ އަދަދު އަދި ހާމައެއް ނުކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް