ރައީސް ނަޝީދު މިއަދު މާލެ ވަޑައިގަންނަވަނީ

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިއަދު ރާއްޖެ ވަޑައިގަންނަވާ ކަމަށް މައުލޫމާތު ލިބިއްޖެ އެވެ. އެމަނިކުފާނު ރާއްޖެއިން ބޭރުގައި ހުންނެވީ މިއަހަރުގެ މެއި މަހު...

11 Oct 2021 | 06:33

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިއަދު ރާއްޖެ ވަޑައިގަންނަވާ ކަމަށް މައުލޫމާތު ލިބިއްޖެ އެވެ.

އެމަނިކުފާނު ރާއްޖެއިން ބޭރުގައި ހުންނެވީ މިއަހަރުގެ މެއި މަހުގެ 6 ވަނަ ދުވަހު، އެމަނިކުފާނަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާގައި ލިބިވަޑައިގެންނެވި ޒަޚަމްތަކަށް ފަރުވާ ހޯއްދެވުމަށެވެ.

އެ ހަމަލާގައި ލިބިވަޑަގެންނެވި ޒަޚަމްތަކަށް އޭޑީކޭ އިން ފަރުވާ ހޯއްދެވުމަށް ފަހު، އިތުރު ފަރުވާ ހޯއްދެވުމަށް ޖަރުމަނާއި އިނގިރޭސި ވިލާތުގައި އުޅުއްވާތާ ފާއިތުވީ 6 މަސް ދުވަސް ވެއްޖެ އެވެ.

ދުބާއީގައި މިހާރު ހުންނެވި ނަޝީދު މިއަދު މެންދުރު ފަހު މާލެ ވަޑައިގަންނަވާކަން އިތުބާރުހުރި މަސްދަރަކުން ވަނީ މައުލޫމާތު ލިބިފަ އެވެ. ނަމަވެސް އެމަނިކުފާނު ރާއްޖޭގައި މަޑުކުރައްވާނެކަމެއް ނުވަތަ ނޫން ކަމެއް ސާފުވާގޮތެއް ނުވެއެވެ.

އިނގިރޭސިވިލާތުގައި ހުންނެވުމަށްފަހު އެމަނިކުފާނު ދުބާއީއަށް ވަޑައިގަތީ އެ ގައުމުގައި އޮތް އެކްސްޕޯއަކަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް