ޖިންސީ ގުނަވަން މަޖިލީހުގެ އެއްވެސް މެމްބަރަކަށް ދައްކާފައި ނުވާނެކަމަށް ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެ އެވެ.
އޭނާ މިހެން ވިދާޅުވެފައި މިވަނީ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމަށް، ނާޒިލްގެ ޖިންސީ ގުނަވަން ދެއްކި ކަމަށް ބުނެ މިދިޔަ ހަފްތާގެ ތެރޭގައި އެ ވާހަކަތައް ނޫސްތަކުގައި ރިޕޯޓްކުރި ކުރުމާ ގުޅިގެން އެކަމަށް ރައްދުދެއްވަ އެވެ.
އެ ވާހަކަތައް ދޮގު ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނާޒިލް ވިދާޅުވީ އޭނާއާ ގުޅޭގޮތުން އެކި ގޮތްގޮތަށް މިދިޔަ ހަފްތާ ނިމުނުއިރު ވާހަކަ ދެކެވުނު ކަމަށާއި އެކަމަކު އެއީ މުޅިން ދޮގު ޚަބަރު ކަމަށެވެ.
އޭނާ ވިދާޅުވީ އޭނާގެ ޖިންސީ ގުނަވަނެއް މަޖިލިސް މެންބަރުންގެ ތެރެއިން އެންމެ ފިރިހެނަކަށް ވެސް ފެނިފައި ނޯންނާނެ ކަމަށެވެ.
" އަޅުގަނޑު ދިވެހި އެންމެހާ ރައްޔިތުންނަށް އަދި ޚާއްސަކޮށް ހިތަދޫ ދެކުނު ދާއިރާގެ ލޮބުވެތި ރައްޔިތުންނަށް އެ ޔަގީންކަން އަޅުގަނޑު ދެން،" ނާޒިލް ވިދާޅުވި އެވެ.
އޭނާގެ އަވައްޓެރި ގެއެއްގައި ރޯކޮށްލި ވާހަކައަކީ ވެސް "ފަލަ ސުރުޚީ"އެއް ކަމަށެވެ. އެކަމަކު އޭނާއަކީ ދުވަހަކު ވެސް މީހެއްގެ މުދަލަށް ގެއްލުންދީ މީހުން މެރުމަށް ގޭންގް ހަދައިގެން އުޅޭ މީހެއް ނޫން ކަމަށް ވެސް ނާޒިލް ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް