ރާއްޖެއިން އިތުރު793 މީހުން ކޯވިޑް ވެކްސިންގެ ދެ ވަނަ ޑޯޒު ޖަހައިފި އެވެ.
އެޗްޕީއޭގެ ތަފާސް ހިސާބު ދައްކާގޮތުން މިދިޔަ ހޮނިހިރު ދުވަހު މާލެ ސަރަހައްދުން އެދުވަހު 477 މީިހަކު ކޮވިޑްގެ ވެކްސިން ދެވަނަ ޑޯޒު ޖަހާފައިވެއެވެ. އަދި އަތޮޅުތަކުން 316 މީހަކު ކޮވިޑްގެ ވެކްސިން ޖަހާފައިވެއެވެ.
މިއާއެކު މިހާރު ކުރިއަށް ގެންދާ ޤައުމީ ވެކްސިން ޕްރޮގްރާމްގެ ތެރެއިން މިމަހުގެ ނުވައެއްވީ ހޮނިހިރު ދުވަހުގެ ނިޔަލަށް ވެކްސިންގެ ދެވަނަ ޑޯޒު ޖެހި އަދަދު މުޅި ޖުމްލަ ވަނީ 345،996 އަށް އަރާފައެވެ.
އަދި ހޮނިހިރު ދުވަހު ވެކްސިންގެ ފުރަތަމަ ޑޯޒު ޖެހި މީހުންގެ އަދަދަކީ 93 ކެވެ. މާލެ ސަރަހައްދުން އެދުވަހު 76 މީިހަކު ކޮވިޑްގެ ވެކްސިން ފުރަތަމަ ޑޯޒު ޖަހާފައިވެއެވެ
ހަމަ އެދުވަހު 17 މީހަކަށް ވެކްސިންގް ފުރަތަމަ ޑޯޒު އަތޮޅުތަކުން ޖަހައިދީފައިވެއެވެ.
މިއާއެކު ވެކްސިން ފުރަތަމަ ޑޯޒު ޖެހި މީހުންގެ ޖުމްލަ އަދަދުވަނީ 393،059 އަށް އަރާފައެވެ.
ރާއްޖޭގައި ކޮވިޑް ވެކްސިން ދިނުމަށް ބޭނުންކުރަނީ ސިނޮފާމް، އެސްޓްރަޒެނިކާ އަދި ފައިޒާ ވެކްސިނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް