އެމް.ޑަބްލިޔު.އެސް.ސީގެ ޝޯރޫމަށް 5 އަހަރު ފުރުމާއި ގުޅިގެން "އެނިވަރސަރީ ޕްރޮމޯ" ގެ ނަމުގައި ޚާއްސަ ޕްރޮމޯޝަނެއް
ފަށައިފި އެވެ.
30 ނޮވެމްބަރ ގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަންގެ މުއްދަތުގައިގަންނަ ކޮންމެ ފެން މީޓަރަކަށް އަދި ފެނުގެ ކޮލިޓީ ޓެސްޓް ކުރުމަށް ހަދާ ޓެސްޓްތަކުން ކަސްޓަމަރުންނަށް 10 %ޑިސްކައުންޓް ލިބޭނެ އެވެ.
އެ ކުންފުނިން ބުނީ ފެނުގެ ކޮލިޓީ ޓެސްޓް ކުރާ ކަސްޓަމަރުންގެ ތެރެއިން ޑިސްކައުންޓް ލިބޭނީ ޕްރޮމޯޝަންގެ މުއްދަތުގައި އެނުއަލް ކޮންޓްރެކްޓަކަށް ވަޑައިގަންނަވާ ކަސްޓަމަރުންނަށް މުޅި ކޮންޓްރެކްޓްގެ މުއްދަތަށެވެ. އަދި މި ކޮންޓްރެކްޓްގައި ފެނުގެ ޓެސްޓް ކުރުމަށް މަދުވެގެން 4 ސާމްޕަލް ޕޮއިންޓް ހިމަނަވަންވާނެ އެވެ.
މީގެއިތުރުން، ރިސޯޓު އަދި އެހެނިހެން ކަސްޓަމަރުންނަށް ފެނުގެ ކޮލިޓީ ޓެސްޓް ކުރުމުގެ ޚިދުމަތް އަދި ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމަށް ބޭނުންވާ ސާމާނާއި، އާރު.އޯ ސްޕެއާރޒް، ޕީ.ވީ.ސީ އަދި ޕީ.އީ ޕައިޕް އާއި ފިޓިންގްސް އަދި ފެނާއި ނަރުދަމާއާއި ގުޅުން ހުރި ގިނަ ބާވަތްތައްވެސް ޝޯރޫމް މެދުވެރިކޮށް ދަނީ ފޯރުކޮށްދެމުންނެވެ.
މި ޕްރޮމޯޝަންއާއި ގުޅޭ އިތުރު މަޢުލޫމާތު އެމް.ޑަބްލިޔު.އެސް.ސީ ޝޯރޫމްގެ ހޮޓްލައިން ނަންބަރު 7960022 އަށް ގުޅުއްވުމުން ލިބިލައްވާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް