އެމްޓީސީސީން މިއަހަރުގެ "ހިނިތުންވުމާއެކު" ކެމްޕޭން އިފްތިތާޙުކޮށްފި

މިއަހަރުގެ އޮކްޓޯބަރުމަހުގެ 4 އިން 8 އަކަށް ފާހަގަ ކުރުމަށް ހަމަޖެހިފައިވާ "ދުނިޔޭގެ ކަސްޓަމަރ ސަރވިސް" ހަފުތާއާއި ގުޅުވައިގެން އެމްޓީސީސީއިން މިއަހަރުގެ "ހިނިތުންވުމާއެކު" ކެމްޕޭން އިފްތިތާޙް ކޮށްފިއ...

11 Oct 2021 | 05:47

މިއަހަރުގެ އޮކްޓޯބަރުމަހުގެ 4 އިން 8 އަކަށް ފާހަގަ ކުރުމަށް ހަމަޖެހިފައިވާ "ދުނިޔޭގެ ކަސްޓަމަރ ސަރވިސް" ހަފުތާއާއި ގުޅުވައިގެން އެމްޓީސީސީއިން މިއަހަރުގެ "ހިނިތުންވުމާއެކު" ކެމްޕޭން އިފްތިތާޙް ކޮށްފިއެވެ.

އެމްޓީސީސީން ހާމަކުރާ ގޮތުގައި މި ކެމްޕެއިންގެ އެންމެ ބޮޑު މަޤްސަދަކީ ކުންފުނީގެ މުއައްޒަފުންގެ މެދުގައި ކަސްޓަމަރ ސާރވިސްގެ މުހިއްމުކަމާއި މެދު ހޭލުންތެރިކަން އިތުރުކުރުމާއި ކުންފުނިން ޚިދުމަތް ލިބިގަންނަ އެންމެހާ ކަސްޓަމަރުންގެ ކަސްޓަމަރ އެކްސްޕީރިއެންސް މިހާރަށްވުރެ ރަނގަޅު ކުރުމެވެ. އަދި ކުންފުނީގެ އުންމީދަކީ "ހިނިތުންވުމާއެކު" މި ކެމްޕެއިގެ ސަބަބުން އެމްޓީސީސީ ކަސްޓަމަރުންނާއި ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިވެ ކަސްޓަމަރުން ކުންފުންޏަށް ކުރާ އިތުބާރު ބޮޑުވެގެން ދިއުމެވެ.

އެމްޓީސީސީގައި ބޭއްވުނު ރަސްމިއްޔާތުގައި ކެމްޕެއިން އިފްތިތާހްކޮށްދެއްވީ ކުންފުނީގެ ޗީފް އޮޕްރޭޓިންގ އޮފިސަރ އަލްފާޟިލް ޝާހިދު

ޙުސައިން މޫސާއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ އެމްޓީސީސީއަކީ މިޤައުމުގެ ތަފާތު އެކި ސިނާއަތްތަކުގައި ގިނަ ރައްޔިތުންތަކަކަށް ސީދާގޮތުން ޙިދުމަތްދެމުންދާ ކުންފުންޏެއްކަމަށާއި ކަސްޓަމަރުން ހިތްހަމަޖެހޭ ފަދަ ޚިދުމަތެއް ދިނުމަށް ކުންފުނީގެ ކޮންމެ މުއައްޒަފަކުވެސް ގަދައަޅާ މަސައްކަތް ކުރަންވާނެ ކަމަށެވެ. މި ކެމްޕެއިން ކާމިޔާބުކަމާއެކު ކުރިއަށްގެންދިއުމަށް ހުރިހާ މުވައްޒަފުންގެ ތަރުހީބާއި އެއްބާރުލުން ވަރަށް މުހިންމުކަމަށާއި ހުރިހާ މުވައްޒަފުންގެ އެއްބާރުލުން މިކެމްޕެއިނަށް ލިބޭނެކަމުގެ ފުރިހަމަ ޔަގީންކަން އޮތްކަމަށްވެސް ޝާހިދު ވިދާޅުވިއެވެ. މި ރަސްމިއްޔާތުގައި ގެސްޓް ސްޕީކަރސްގެ ގޮތުގައި ބައިވެރިވެވަޑައިގެންނެވީ ކޯޕަރޭޓް ޓްރޭނިންގ އިންސްޓިޓިއުޓްގެ ފަރާތުން ޑރ. ޙުސައިން ސަނީ

އުމަރާއި މުޙައްމަދު ޔަމާނީއެވެ.

އެބޭފުޅުންގެ ވާހަކަފުޅުގައި ކަސްޓަމަރުންނަށް ދޭ ޚިދުމަތް ރަނގަޅު ކުރުމުގެ މުހިއްމު ކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް