މާގިނައިން ކަރާ ކާނަމަ ސިއްޚަތައް ގެއްލުންވޭ - ދިރާސާ

ކަރައަކީ ދިވެހިންގެ ފެވަރިޓް ކެއުމެކޭ ބުންޏަސް ގޮދަކަށް ނުވާނެ އެވެ. ޚާއްސަކޮށް ރޯދަމަހު އެވަރެއް ނޯންނާނެއެވެ. އަނގަޔަށް މީހު މޭވާގެ ބާވަތްތަކުގެ ތެރޭގައި ހިމެނޭ ކަރައަކީ އޭގެއިން ގިނަގުނަ ސިއްޚީ ފައ...

11 Oct 2021 | 03:20

ކަރައަކީ ދިވެހިންގެ ފެވަރިޓް ކެއުމެކޭ ބުންޏަސް ގޮދަކަށް ނުވާނެ އެވެ. ޚާއްސަކޮށް ރޯދަމަހު އެވަރެއް ނޯންނާނެއެވެ. އަނގަޔަށް މީހު މޭވާގެ ބާވަތްތަކުގެ ތެރޭގައި ހިމެނޭ ކަރައަކީ އޭގެއިން ގިނަގުނަ ސިއްޚީ ފައިދާތަކެއް ވެސް ލިއްވައިދޭ އެއްޗެެކެވެ.

ޚާއްސަކޮށް ހިތުގެ ބަލި ތަކާއި، ބަރުދަން ލުއި ކުރުމަށް ކަރާ އެހީވެދެއެވެ. ކަރާއަކީ ހަށިގަނޑުގެ ފިނިހޫނުމިން ދަށްކޮށްދީ، ވިޓަމިން އޭ، ސީ، ބީ6 އަދި ޕޮޓޭސިއަމް އިން ފުރިގެންވާ މޭވާއެކެވެ.

ކަރާއަކީ އޭގެ ޒާތުގައި ކިތަންމެ ފައިދާތަކެއް އެކުލެވިގެންވާ މޭވާއެއް އެއްކަމުގައި ވީނަމަވެސް ކޮންމެ އެއްޗަކީވެސް އެ ބޭނުން ކުރަންވާ މިންވަރަށް ވުރެ ގިނައިން ބޭނުން ކުރެވިއްޖެނަމަ ހަށިގަނޑަށް ނުރައްކަލަކަށް ވެދާނެ އެއްޗެކެވެ.

ކަރައަކީ "ލައިކޯޕީން" ކިޔާ މާއްދާއެއް އެކުލެވިގެންވާ މޭވާއެކެވެ. "ލައިކޯޕީން' އަކީ ހިތުގެ މަސައްކަތްތަށް ރަނގަޅުކޮށްދޭ، ކެންސަރުގެ ބަލި ތަކަށް އެހީ ވެދޭ ޕިގްމެންޓެއް ކަމުގައިވީ ނަމަވެސް ދުވާލެއްގެ މައްޗަށް 30 މިލިގްރާމް ނޫނީ އެއަށްވުރެ ގިނައިން ބޭނުން ކުރެވިއްޖެނަމަ ހަށިގަނޑަށް ގެއްލުމެއްގެ ގޮތުގައި ބެލެވޭ އެއްޗެކެވެ.

އަބަދުވެސް ލޭދަށް މީހެއްކަމުގައި ވާނަމަ އެންމެ އެކަށިގެންވާ ގޮތަކީ ވީހާވެސް ކަރާކެއުން މަދުކޮށް ނޫނީ އެއްކޮށް ކަރާ ކެއުން ހުއްޓާލުމެވެ. ސަބަބަކީ އޭގެ ސަބަބުން ބްލަޑް ޕްރެޝާ ވަރަށް ބޮޑަށް ދަށްވާތީއެވެ.

އަޅުގަނޑުމެންގެ ތެރެއިން އެންމެންނަކީވެސް ވީހާވެސް ފައިދާ ހުންނަ ކާނާ ކެވޭތޯ ބަލާ، ބަރުދަން ލުއިކުރަން ބޭނުންވާ ބައެކެވެ. ބަރުދަން ލުއިކުރުމަށްޓަކައި ވީހާވެސް ގިނައިން މޭވާ އާއި ތަރުކާރީ ކެވޭތޯ ބަލާ ބައެކެވެ. އެހެންނަމަވެސް ކިތަންމެ ފައިދާއެއް ލިބިގެން ވާކަމުގައި ވީނަމަވެސް ކޮންމެ އެެއްޗަކީވެސް ލިމިޓުން ބޭރުވެއްޖެ ހިނދެއްގައި ގެއްލުމެއް ނުވެ ނުދާނެ އެއްޗެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް