ބޮލީވުޑްގެ ބަތަލާ ސޯނަމް ކަޕޫރު ކައިވެންޏަށް ފަހު ފިރިމީހާ އަނަންދު އަހޫޖާ އާއި އެކު ދިރިއުޅެމުންދަނީ އިނގިރޭސިވިލާތުގައި އެވެ.
އަނަންދަކީ އިނގިރޭސިވިލާތުގައި ފުޅާދާއިރާއެއްގައި ވިޔަފާރި ކުރާ މީހެކެވެ. އެހެންވެ އެގައުމަށް އަބަދު ދަތުރު ކުރަންޖެހޭތީ ސޯނަމް ދަނީ އިނގިރޭސި ރަށްވެހިކަން ހޯދުމުގެ ޓެސްުތައްވެސް ހަދަމުންނެވެ.
މިހާރު ދެމަފިރިން ވަނީ އިނގިރޭސިވިލާތުގެ ލަންޑަނުގައި ދިރިއުޅުމަށް އާ ގެއެއް ގަނެފަ އެވެ. އަދި އޮފީސްބައެއްވެސް ހިމެނޭ އެ ގެ ވަރަށް ސްޓައިލްކޮށް ޑިޒައިން ކޮށްފަވާއިރު މިދުވަސްވަރު ސޯނަމް އުޅެނީ މީހުންނަށް އެ ގޭގެ ފުރިހަމަކަން ދެއްކުމުގައި ވަރަށް ބުރަކޮށެވެ.
ގެ އެންމެންނަށް އޭނާ ދައްކާލަނީ ރަސްމީ އިންސްޓަގްރާމް ޕޭޖު މެދުވެރިކޮށް އެކި ސީރީޒްތަކަށް ބަހާލައިގެންނެވެ. ގޭގެ ރީތި ފޮޓޯތަކާއި އޭނާ މޮޑެލްކޮށްފައިވާ ފޮޓޯތަކަކީ އާކިޓެކްޗުރަލް ޑައިޖެސްޓު މެގަޒިންގެ ސެޕްޓެމްބަރު އޮކްޓޯބަރު އަދަދަށް ނަގާފައިވާ ފޮޓޯތަކެވެ.
އެ ފޮޓޯތަކުގެ ތެރެއިން ސޯނަމް އެންމެ ފުރަތަމަ މިދިޔަ މަހު އާންމު ކުރީ ގޭގައި ބަހައްޓާފައި ހުރި އަގުބޮޑު ސޯފާތަކާއި އެ ސޯފާތައް ހިމެނޭ ސަރަހައްދު ޑިޒައިން ކޮށްފައިވާ ގޮތެވެ. އޭގެ ފަހުން މިމަހުގެ ތެރޭގައި ބަދިގެއާއި ކާގޭގެ އިތުރުން ސިޓިން ރޫމުގެ ފޮޓޯ ހިއްސާކޮށްފައިވެ އެވެ. އަދި އޭގެ ފަހުން ވަނީ އަނަންދުގެ އޮފީހަށް ހާއްސަކޮށްފައިވާ ތަންވެސް ދައްކާލާފަ އެވެ.
https://www.instagram.com/p/CTjVPJSHORQ/
https://www.instagram.com/p/CUzgGMwK6zT/
ސޯނަމް އިންސްޓަގްރާމްގައި ބުނީ އެންމެ ފުރަތަމަ އަނަންދާއި ދެމީހުން އެ ފްލެޓަށް ވަތްދުވަހު ގެއަށް ވަދެވުނު ކަމުގެ އިހުސާސް ކުރެވުނު ކަމަށެވެ. އޭނާ ބުނީ ގެ ޑިޒައިން ކުރީ މަޝްހޫރު ޑިޒައިނާ ރޫޫޝަދް ޝްރޮފް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް