ވަންޕަލަސް ޓީވީގެ ބްރޭންޑް އެމްބެސެޑަރުންނަށް ޝާހިދާއި މީރާ!

ޓެކްނޮލޮޖީގެ ދާއިރާގައި މަޝްހޫރު ކުންފުނި ވަންޕްލަސް ޓީވީގެ ބްރޭންޑް އެމްބެސެޑަރުންނަށް ބޮލީވުޑްގެ ތަރި ޝާހިދު ކަޕޫރާއި އޭނާގެ އަންހެނުން މީރާ ރާޖްޕުޓް ކަޕޫރު ހަމަޖައްސައިފި އެވެ. ވަންޕްލަސްއިން ޓީވީ ...

11 Oct 2021 | 02:44

ޓެކްނޮލޮޖީގެ ދާއިރާގައި މަޝްހޫރު ކުންފުނި ވަންޕްލަސް ޓީވީގެ ބްރޭންޑް އެމްބެސެޑަރުންނަށް ބޮލީވުޑްގެ ތަރި ޝާހިދު ކަޕޫރާއި އޭނާގެ އަންހެނުން މީރާ ރާޖްޕުޓް ކަޕޫރު ހަމަޖައްސައިފި އެވެ.

ވަންޕްލަސްއިން ޓީވީ އުފެއްދުމުގެ ކެޓަގަރީ ތެރެއަށް ވަނީ 2019 ވަނަ އަހަރު އެވެ. އޭރުން ފެށިގެން އެ ކުންފުނި ދަނީ ޓީވީ އުފެއްދުންތައް ފުޅާ ކުރަމުންނެވެ.

އެންމެ ފަހުން އެ ކުންފުނިން ތައާރަފު ކުރީ ވަންޕްލަސް ޓީވީ ޔޫވަންއެސް އެވެ. މި ޓީވީ ތައްޔާރުކޮށްފައިވަނީ ބެލުންތެރިންދޭ ކޮމާންޑާއި އެއްގޮތަށް އަމަލު ކުރާ ފީޗާއެއް ޓީވީގައި ހިމެނޭ ގޮތަށެވެ.

މި ޓީވީގެ ފުރަތަމަ އިޝްތިހާރު ޝާހިދާއި މީރާ އާއި އެކު މިހާރު ވަނީ އާންމު ކޮށްފަ އެވެ. އެ އިޝްތިހާރުން ފެނިގެން ދަނީ މީރާގެ ކޮމާންޑަށް ވަންޕްލަސް ޓީވީން ޑްރާމާ ސިލްސިލާއެއް ޕްލޭވާތަނެވެ. އަދި ޓީވީ އާއި ގުޅޭގޮތުން ޝާހިދު ސުވާލު ކުރުމުން އެއީ އާ ޓީވީއެއް ކަމަށް މީރާ ބުނެ އެވެ.

އަނގައިން ބުނުމުން ނުވަތަ ދޭ ކޮމާންޑާއި އެއްގޮތަށް ޓީވީން އެއްޗެހި ފެންނާތީ ޝާހިދު ހިތަށް އަރަނީ އޭނާގެ ކޮމާންޑަށް ބިންމައްޗަށް ވެރިފައި ހުންނަ ފޮތްތަކެއް އަނބުރާ ރެކުގައި ތަރުތީބުން އެތުރުމާއި ކެކްޓަސް ގަހެއްގައި ފިނިފެންމާ އަޅާތަނެވެ.

މި އިޝްތިހާރު ގިނަ ބަޔަކަށް ވަރަށް ކަމުދިޔަ އެވެ.

https://www.instagram.com/p/CUy2EPyqNbG/

ވަންޕްލަސް ޓީވީ ޔޫވަންއެސް އިންޑިއާގައި ވިއްކަނީ 43،999 އިންޑިއަން ރުޕީސް އަށެވެ.

ވަންޕްލަސްއިން ބުނީ އެމީހުން ޓީވީ ކެޓަގަރީގެ އުފެއްދުންތައް މިދިޔަ ދެ އަހަރު އާންމުން ބަލައިގެންފަވާކަން އެނގެނީ އިންޑިއާގެ ތިން ވަނައަށް އެންމެ ގިނަމީހުން ގަނެފައިވާ ޓީވީ ބްރޭންޑަކަށް އެމީހުން ވެފައިވާތީ އެވެ. އަދި ހަމައެކަނި މިއަހަރުގެ އޭޕްރިލްއިން ޖޫންއަށް ސްމާޓް ޓީވީ ކެޓަގަރީން 20 ޕަސެންޓުގެ ކުރިއެރުން އެ ކުންފުންޏަށް ލިބިފައިވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް