ރާއްޖޭގެ ސަޕޯޓަރުން ނެގި ފޯރިން އަޖައިބުވިކަން ނަމާލް ހާމަކުރެއްވީ ދިވެހިން ކުރި ޓުވީޓަކުން!

އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި އިއްޔެ ހަވީރު ރާއްޖެއާއި ސްރީލަންކާ ކުޅުނީ މޮޅު މެޗެއް ކަމަށް އެގައުމުގެ ޔޫތް މިނިސްޓަރު ނަމާލް ރާޖަޕަކްސަ ވިދާޅުވެއްޖެ އެވެ. ނަމާލް ވަނީ ކެންޔާއަށް ކުރެއްވި ރަސްމީ ދަތު...

11 Oct 2021 | 02:11

އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި އިއްޔެ ހަވީރު ރާއްޖެއާއި ސްރީލަންކާ ކުޅުނީ މޮޅު މެޗެއް ކަމަށް އެގައުމުގެ ޔޫތް މިނިސްޓަރު ނަމާލް ރާޖަޕަކްސަ ވިދާޅުވެއްޖެ އެވެ.

ނަމާލް ވަނީ ކެންޔާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު އެނބުރި ގައުމަށް ވަޑައިގެންނަވަމުން އެ މެޗު ބައްލަވާލެއްވުމަށް ރާއްޖެ ވަޑައިގެންފަ އެވެ. އިއްޔެގެ މެޗަށް ދަނޑަށް ވަޑައިގެންނެވުމުގެ ކުރިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ބައްދަލު ކުރެއްވި އެވެ.

އެ މެޗަށް ފަހު މެޗާއި ގުޅޭގޮތުން އޭނާގެ ރަސްމީ ޓުވީޓާ އެކައުންޓުގައި އިނގިރޭސި ބަހުންނާއި ދިވެހި ބަހުން ޓުވީޓު ކުރައްވާފަ އެވެ.

ނަމާލްގެ ޓުވީޓުގައި ވިދާޅުވީ ކުޅި ބަލަންދިޔަ މީހުން ގިނަކަމުންނާ ދިވެހި ޓީމުގެ ސަޕޯޓަރުންގެ ފޯރި ފެނިފަ އަޖާއިބުވި ކަމަށެވެ. އަދި ކުޅިބަލަންދިޔަ ސްރީލަންކާގެ ސަޕޯޓަރުންނަށް ހާއްސަ ޝުކުރެއް އަދާކުރައްވާ ކަމަށް ވިދާޅުވި އެވެ.

ނަމާލް އިތުރަށް ވިދާޅުވީ ރާއްޖެ އާއި ލަންކާ ބައްދަލު ކުރި މެޗުން ފެނުނީ ފޯރިގަދަ މާހައުލެއް ކަމަށެވެ.

https://twitter.com/RajapaksaNamal/status/1447261207648419841

އިއްޔެ މެޗު ރާއްޖެއިން ކާމިޔާބު ކުރީ 0-1 ން ލަންކާ ބަލިކޮށްގެންނެވެ. މެޗުގައި ޖެހި ހަމައެކަނި ލަނޑު ޖަހައިދިނީ ފުރަތަމަ ހަ ވަނަ މިނެޓުގައި އަލީ އަޝްފާގު (ދަގަނޑޭ) އެވެ.

ރާއްޖެ ދެން މި މުބާރާތުގައި ކުޅޭނީ އިންޑިއާ އާއި ދެކޮޅަށެވެ. ލަންކާ މެޗުން މޮޅުވުމުން ރާއްޖެއަށް މި މުބާރާތުގެ ފައިނަލަށް ދިއުމުގެ ފުރުސަތު ވަނީ ވަރަށް ބޮޑަށް ފަހިވެފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް