ފޯމު ބަލައިގެންނާކަށް އަދި ނުފަށަން، މުއްދަތު އިތުރު ކުރާނަން: އެޗްޑީސީ

ހުޅުމާލެއިން ވިއްކާ 400 ގޯތި ގަންނަން ބޭނުންވާ ފަރާތްތަކުގެ ފޯމު ބަލައިގަތުން އަދި ނުފަށާކަމަށް އެ މަސައްކަތް މިއަދު ހަވާލު ކުރި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ. އެ ކޯޕަ...

11 Oct 2018 | 15:48

ހުޅުމާލެއިން ވިއްކާ 400 ގޯތި ގަންނަން ބޭނުންވާ ފަރާތްތަކުގެ ފޯމު ބަލައިގަތުން އަދި ނުފަށާކަމަށް އެ މަސައްކަތް މިއަދު ހަވާލު ކުރި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.

އެ ކޯޕަރޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފޯމް ދޫކުރުމާއި ބަލައިގަތުމުގެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އަދި މިހާރު ފޯމް ބަލައިގަންނަން ކަނޑައަޅާފައިވާ އެންމެ ފަހުގެ ތާރީހަށްވުރެ ފޯމް ބަލައިގެންނަ މުއްދަތު އިތުރު ކުރާނެ ކަމަށެވެ.

އެޗްޑީސީން ނެރުނު ބަޔާނުގައި ބުނީ ފޯމު ދޫކުރުމާއި ބަލައިގަތުން މިހާރު ކުރިއަށްގޮސްފައިވާ ހިސާބާއި އަދި އެކަން ކުރިއަށްގެންދާނެ ގޮތާ ގުޅޭގޮތުން ހައުސިން މިނިސްޓްރީއާ މަޝްވަރާކުރަމުން އަންނަ ކަމަށެވެ. ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ މިހާތަނަށް ހައުސިން މިނިސްޓްރީން ދޫކޮށްފައިވާ ނަމްބަރު ތަރުތީބުންނެވެ. އަދި އިތުރަށްވެސް ފޯމް ލެވޭނެ ކަމަށް ބުންޏެވެ.

އެކަމަކު ފޯމު ބަލައިގެންނަން ފަށާނެ ތާރީހެއް އެޗްޑީސީން ނުބުނެ އެވެ. އެ ކުންފުނިން ބުނީ ދުރާލާ ހުރިހާ މައުލޫމާތެއް ރައްޔިތުންނަށް ފޯރުކޮށްދެމުންދާނެ ކަމަށެވެ.

ހައުސިން މިނިސްޓްރީން ބުނީ ހުޅުމާލެއިން ވިއްކަން ހަމަޖެހިފައިވާ 400 ގޯތި ގަންނަން މިހާތަނަށް ފަސް ހާހަށްވުރެ ގިނަ މީހުން ފޯމު ހުށަހަޅާފައިވާ ކަމަށެވެ.

ފޯމު ބަލައިގަތުމުގެ މަސައްކަތް އެޗްޑީސީ އަށް ބަދަލުކުރީ ނަންބަރު ނަގައިގެން އެތައް ސަތޭކަ ބަޔަކު ކިއޫގައި ތިއްބަ އެވެ. އެހެންވެ މިއަދު އެތަނުގައި ތިބި ބައެއް މީހުން ރުޅިގަދަވެ ކޮންމެވެސް ވަރަކަށް ހަމަނުޖެހުން ވެސް ހިނގި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް