ކޮކާކޯލާއިން އެކި ގައުމުތަކުގައި ގުޅުންތައް ބަދަހިކުރުމަށް ހިތްވަރު ދިނުމަށް ކުރިއަށްގެންދާ "ޝެއަރ އަ ކޯކް" ކެމްޕޭން މިއަދު ރާއްޖޭގައި ލޯންޗު ކޮށްފިއެވެ.
މި ކެމްޕޭން ރާއްޖޭގައި ލޯންޗު ކޮށްފައިވަނީ އެކަމަށްޓަކައި ނެޝަނަލް އާޓް ގެލަރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ.
އާޓް ގެލަރީގައި ބޭއްވި މި ރަސްމިއްޔާތުގައި މި ކެމްޕޭނު ލޯންޗުކޮށްދެއްވީ، ބަންގްލަދޭޝްގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި ޗެމްޕިއަންކަން ހޯދި ރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން އަކްރަމް އަބްދުލްޢަނީ އެވެ.
ކޮކާކޯލާއިން ހާމަކުރާގޮތުގައި މި ކެޕްމޭނުގެ މަގުސަދަކީ ހަޔާތުގެ މުހިއްމު ބައިވެރިންނާއެކު ކޮކާކޯލާ ހިއްސާކޮށް އެ ގުޅުމަށް އުފާވެރިކަން ގެނެސްދިނުމެވެ.
ކޮކާ ކޯލާއިން ރާއްޖެއަށް މި ކެމްޕޭންގައި ކޯކް ފުޅީގެ ލޭބަލްގައި 16 ޓެގެއް ތައާރަފް ކޮށްފައިވެއެވެ. ބައްޕަ އަށް، މަންމައަށް އަދި އާއިލީ އިތުރު ގުޅުންތަކަށާއި ގުޅުންތަކުގައި ބޭނުންކުރާ "ބީއެފްއެފް" ކަހަލަ ނަންތަކަށްވެސް ޓެގް ތައާރަފްކޮށްފައިވެއެވެ. އަދި ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމުގެ ކުޅުންތެރިންނަށް ހާއްސަކޮށް "ޗެމްޕއަންސް" ޓެގްވެސް ތައާރަފްކޮށްފައިވެއެވެ.
މި ކެޕްމޭން ލޯންޗު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ކޮކާ ކޯލާގެ ރީޖަނަލް މާކެޓިން މެނޭޖަރު އަމަރްނާތު ޑުޓަ ވިދާޅުވީ ޝެއާ އާ ކޯކް ކެމްޕެއިނަށް ދުނިޔޭގެ އެކި ގައުމުތަކުން ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށާއި އަދި އެ ކެމްޕެއިން ރާއްޖެއަށް ތައާރަފުކޮށް، ގާތް މީހުންނާއެކު ހާއްސަ ވަގުތުތައް ހިއްސާކުރެވޭނެ ކަމަށެވެ.
ޝެއަރ އަ ކޯކް ކެމްޕޭނަކީ އެންމެ ފުރަތަމަ 2011 ވަނަ އަހަރު އޮސްޓްރޭލިއާގައި ލޯންޗުކުރި ކެމްޕޭނެކެވެ. އޭގެ ފަހުން ދުނިޔޭގެ ގިނަ ގައުމުތަކެއްގައި މި ކެމްޕޭނު ލޯންޗުކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް