އިދިކޮޅު އިއްތިހާދުގެ ވެރިކަމެއްގައި ސިޔާސި ޕާޓީތައް ގުޅިގެން ރާއްޖެއަކީ ކުށްމަދު ތަނަކަށް ހަދާނެ ކަމަށް އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
މިފަހަކަށް އައިސް މާރާމާރީ އިތުރުވެފައިވާއިރު ރޭ މާލޭގައި ދެ ގްރޫޕަކުން ހިންގި މާރާމާރީއެއްގައި ވަނީ އުމުރުން 14 އަހަރުގެ ކުއްޖަކު މަރާލާފައި އެވެ. އޭގެ ކުރިން މާލެއާއި އައްޑު ސިޓީގައި ހިންގި މާރާމާރީއެއްގައި ކަރަށް ވަޅި ހެރުމުން ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ދެމީހަކަށް ދަނީ އައިޖީއެމްއެޗު އައިސީޔޫގައި ފަރުވާދެމުންނެވެ.
އެ ކަމާގުޅިގެން މިއަދު އިބޫ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ނުރައްކާތެރި މާރާމާރީ އިތުރުވެ, ކުޑަކުދިން މާލޭ މަގުތަކުގައި މެރުން އިތުރުވެފައިވާ ކަމަށެވެ. އިބޫ ވިދާޅުވީ އެކަމުން އެނގިގެންދަނީ ކުށްކުރުން ފާލުން ނެއްޓި، ބޮއްސުން ލާފައިވާ މިންވަރު ކަމަށެވެ.
https://twitter.com/ibusolih/status/1050242200640966656
އިބޫގެ މި ޓުވީޓަށް ޖަވާބުދެއްވުމުގެ ގޮތުން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެފައިވަނީ ކުށްކުރުން ހުއްޓުވުމަށް އިބޫގެ ސަރުކާރުގައި ކުރާ ހުރިހާ މަސައްކަތެއްގެ ފަހަތުގައި އެމަނިކުފާނު ހުންނަވާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް